logo
MPL

MPL

ޚަބަރު

ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ބަޖެޓު ކޮމިޓީން ފާސްކޮށްފި

އަޙުމަދު ރިޝާން
19 ނޮވެމްބަރު 2026 - 07:05
ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް،  ބަޖެޓު  ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59,704,440,795 ރުފިޔާ (59.7 ބިލިޔަން ރުފިޔާ) ގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

މިއީ މިއަހަރު މަޖިލީހުން ފާސްކުރި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާ ކުޑަ އަދަދެކެވެ. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ފޮނުވި ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރެވެ. ކޮމިޓީން ބަޖެޓު ފާސްކުރީ 10 މެމްބަރުންގެ ވޯޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ކޮމިޓީ މަރުހަލާގައި ކުރި މަޝްވަރާތަކުގައި އެންމެ ބޮޑަށް ފާހަގަވީ އެދުނު މިންވަރަށްވުރެ ކުޑަ ބަޖެޓެއް ލިބުނު ކަމަށް ބުނެ މިނިވަން މުއައްސަސާތަކުން ހުށަހެޅި ޝަކުވާތަކެވެ. އެ ޝަކުވާތަކާ ގުޅޭގޮތުން މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ކަނޑައަޅާފައިވާ ބަޖެޓުން މުއައްސަސާތަކަށް ފުދޭނެ ކަމަށާއި، އިތުރު ޚަރަދެއް ކުރަން ޖެހިއްޖެނަމަ ކޮންޓިންޖެންސީ ބަޖެޓުން އެކަން ހަމަޖެއްސޭނެ ކަމަށެވެ.

 އަންނަ އަހަރުގެ ބަޖެޓުގައި މައިގަނޑު 10 ދާއިރާއެއް ހިމަނާފައިވާއިރު، އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ 10.6 ބިލިޔަން ރުފިޔާ އާއެކު ޞިއްޙީ ދާއިރާ އަށެވެ. ބަޖެޓުގައި ހިމެނޭ އެހެނިހެން ދާއިރާތަކުގެ ތެރޭގައި އިޤުތިޞާދާއި ސިނާއީ ދާއިރާ، ދަރަނީގެ ގޮތުގައި ޚަރަދުގެ ދާއިރާ، ދިފާޢީ އަދި އަދުލު އިންސާފުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އާންމު ޚިދުމަތްތަކުގެ ދާއިރާ، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ، ގެދޮރާއި ޖަމާއަތުގެ ފައިދާގެ ދާއިރާ އަދި އެހެނިހެން ދާއިރާތައް ހިމެނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިއަލް އެސްޓޭޓް ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދިނުމަށް ފާސްކޮށްފިޚަބަރު | 30 މިނިޓު ކުރިންބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ބަޖެޓު ކޮމިޓީން ފާސްކޮށްފިޚަބަރު | 44 މިނިޓު ކުރިންއިސްރާއީލް ޕާސްޕޯޓް މަނާކުރުން: އެއްވެސް އެހެން ޕާސްޕޯޓަކުންވެސް ރާއްޖެއަށް ނުވަދެވޭނެހެން ޤާނޫނު ހަރުދަނާކުރަނީ - މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމްޚަބަރު | 19 ގަޑިއިރު ކުރިންއެމްޑީޕީގެ ސިޔާސީ ފިކުރުގެ ބިންގާ އަޅާފައި ވަނީ އިސްރާއީލުގެ އެހީތެރިކަމާއެކު: ޝުޖާއުޚަބަރު | ދުވަހެއް ކުރިން