އިސްރާއީލް ޕާސްޕޯޓް މަނާކުރުން: އެއްވެސް އެހެން ޕާސްޕޯޓަކުންވެސް ރާއްޖެއަށް ނުވަދެވޭނެހެން ޤާނޫނު ހަރުދަނާކުރަނީ - މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް
18 ނޮވެމްބަރު 2026 - 12:46

ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިމިގްރޭޝަން ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ވިދާޅުވީ މި ޤާނޫނުގެ ދަށުން ހަމައެކަނި ޕާސްޕޯޓެއް ބޭން ކުރުމުގެ ބަދަލުގައި، އިސްރާއީލް ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ދެވަނަ ނުވަތަ ތިންވަނަ ޕާސްޕޯޓެއް ބޭނުންކޮށްގެންވެސް ދިވެހިރާއްޖެއަށް ނުވަދެވޭނެހެން ޤާނޫނީ އޮނިގަނޑު މުޅިން ބަންދުކުރެވެމުންދާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މުޞްޠަފާ ފާހަގަކުރެއްވި ގޮތުގައި، ޤާނޫނު މާނަކުރާގޮތުން ހަމައެކަނި ވަކި ޕާސްޕޯޓެއްގެ ނަން ބަޔާންކުރުމުގެ ބަދަލުގައި، އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖޭގެ ދޮރުތައް މުޅިން ބަންދުވުން ކަށަވަރުކުރުމަށްޓަކައި ޤާނޫނީ ލޫޕްހޯލްތައް ނައްތާލައި ހުރިހާ ދިމާލަކުން ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހެއެވެ. އަދި މި ފަސްގަނޑަކީ އިސްލާމީ އުޞޫލުތަކާއި ޤައުމީ ސަލާމަތަށް އިސްކަންދޭ ބަޔަކަށް ވާތީ، ޤާނޫނުގެ ތެރެއިން އެފަދަ ފަރާތްތަކަށް އެއްވެސް ޖާގައެއް ނުލިބޭނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށާއި، ޤައުމީ މަޞްލަޙަތު އިސްކޮށް މިފަދަ މުހިންމު ބިލުތައް ފާސްކުރުމުގައި މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން މެންބަރު މުޞްޠަފާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނޑުގެ މާޙައުލަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަކީ ހަމައެކަނި ޤައުމީ ފެންވަރެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން ނޫނީ ކާމިޔާބު ނުކުރެވޭނެ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ޗައިނާއާއެކު އޮތް ވިޔަފާރީގެ ގުޅުމާއި، ކަނޑުގެ ދިރާސާތައް ކުރުމުގެ ދާއިރާއިން ލިބެމުންދާ ތަޖުރިބާތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ކަނޑުފަޅުގެ ސިނާޢަތަށް އިތުބާރާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ޔަޤީންކަން ދެއްވާފައެވެ.

-01.jpg&w=3840&q=75)
