logo
MPL

MPL

ޚަބަރު

މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލަކީ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ހުށަހެޅި ބިލެއް: ޙަނާން

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
16 ނޮވެމްބަރު 2026 - 06:51
މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލަކީ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ހުށަހެޅި ބިލެއް: ޙަނާން

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ މަޤްޞަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުނު ޤާނޫނުގެ މަޤްޞަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ޙަނާން ވިދާޅުވީ، މި ބިލުގެ ބޭނުމަކީ މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން މިހާރަށްވުރެ ސާފު އިޖުރާއާތުތަކެއް ކަނޑައަޅައި، ތަންފީޒީ ނިޒާމުތައް ވަރުގަދަކޮށް، މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ މުޅި ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މަރުގެ އަދަބާ ގުޅުންހުރި އެންމެހައި ކަންކަމާއި އިޖުރާއާތުތައް ހިންގުމުގައި، މިހާރަށްވުރެ ބޮޑަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އެކަންކަން ކުރިއަށްދާކަން ކަށަވަރުކުރުމަކީ މި ބިލުގެ މައިގަނޑު މަޤްޞަދުކަން ވެސް ހަނާން ހާމަކުރެއްވިއެވެ.

މެންބަރު ޙަނާން ވިދާޅުވީ، ހުށަހެޅިފައިވާ މި ބިލު ތަންފީޒުކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުތުތަކަކާއި މިންގަނޑުތަކެއް ފުރިހަމަވުމުންނެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރުމުގެ މަރުހަލާ ކުރިމަތިވާ ފަރާތްތަކުގެ ހައްގުތައް މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށް، ކަށަވަރުކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުމުގެ ތާރީޚުގެ ވާހަކަދައްކަވަމުން މެންބަރު ޙަނާން ވިދާޅުވީ، އެންމެ ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒުކޮށްފައިވަނީ 1950 ވަނަ އަހަރު، ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލަކީ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ހުށަހެޅި ބިލެއް: ޙަނާންޚަބަރު | 36 މިނިޓު ކުރިންޞިއްޙަތާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަންދޭ އެއް ދާއިރާ: ޝާހިދުޚަބަރު | 5 ދުވަސް ކުރިންހޮސްޕިޓަލްތަކުގެ ފަންކާއިން ދަބަރު ފޭބިއިރު ވެސް އެމްޑީޕީން 200 ބިލިއަނުގެ ބަޖެޓަށް ހެދި ގޮތެއް ނޭނގުނު: ޝުޖާއުޚަބަރު | 6 ދުވަސް ކުރިންގަންނަ ފަރާތްތަކުގެ ފައިސާ ރައްކާކޮށްދޭ ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށްކޯޓް ރޫމް | 6 ދުވަސް ކުރިން