logo
MPL

MPL

ޚަބަރު

ޞިއްޙަތާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަންދޭ އެއް ދާއިރާ: މެމްބަރު ޝާހިދު

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ނޮވެމްބަރު 2026 - 06:50
ޞިއްޙަތާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަންދޭ އެއް ދާއިރާ: ޝާހިދު

ޞިއްޙަތާ ގުޅުންހުރި އެންމެހައި ކަންކަން ފުރިހަމަކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އެއް އިސްކަމެއް ދެއްވާ ކަންތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ޝާހިދު ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ ޖުމުލަ އަދަދަކީ 59.7 ބިލިއަން ރުފިޔާ ކަމަށާއި، އޭގެ ތެރެއިން ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަޖެޓުން އެކި ދާއިރާތަކަށް ޚަރަދުކުރުމަށް ކަނޑައަޅާފައިވާ މިންވަރުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ޞިއްޙީ ދާއިރާއަށް އެކަނިވެސް 10.2 ބިލިއަން ރުފިޔާ ޚާއްސަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަބަދުވެސް ޞިއްޙީ ޚިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްނުދެވޭ މައްސަލަކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ. އެގޮތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާއި، ހަސްފަތާލުތަކާއި، ބޭހާއި، ޑޮކްޓަރުންނާއި ނަރުހުން ހޯދުމާއި އެ ފަރާތްތަކަށް ތަމްރީނު ދިނުން ފަދަ ޞިއްޙަތާ ގުޅުންހުރި ހުރިހާ ކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ހުރިހާ ރައްޔިތުންގެ ޞިއްޙަތާ މެދު ވަރަށް ބޮޑަށް ވިސްނަވާ ކަމަށާއި، ބަޖެޓުން 10.2 ބިލިއަން ރުފިޔާގެ ބޮޑު އަދަދެއް ޞިއްޙީ ދާއިރާއަށް ޚާއްސަކުރެވިފައިވަނީ ދިވެހި ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙަތާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަންދޭ އެއް ދާއިރާ: ޝާހިދުޚަބަރު | 32 މިނިޓު ކުރިންހޮސްޕިޓަލްތަކުގެ ފަންކާއިން ދަބަރު ފޭބިއިރު ވެސް އެމްޑީޕީން 200 ބިލިއަނުގެ ބަޖެޓަށް ހެދި ގޮތެއް ނޭނގުނު: ޝުޖާއުޚަބަރު | 17 ގަޑިއިރު ކުރިންގަންނަ ފަރާތްތަކުގެ ފައިސާ ރައްކާކޮށްދޭ ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށްކޯޓް ރޫމް | 18 ގަޑިއިރު ކުރިން2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | ދުވަހެއް ކުރިން