logo
MPL

MPL

ޚަބަރު

2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙު

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
10 ނޮވެމްބަރު 2026 - 05:48
2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙު

ރާއްޖޭގައި 2028 ވަނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އާންމު އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު (މަންޑޭ) ވިދާޅުވެއްޖެއެވެ.

މަޖުލީހުގެ މިއަދުގެ ޖަލްސާގައި ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް ކުރިއަށް ގެންގޮސްފައެވެ. ބަޖެޓް ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ ގެދޮރުވެރިކަމަކީ ދިވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރު ފެށި ހައުސިންގ މަޝްރޫޢުތައް މަމްދޫހު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ތަޢުލީމީ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، އެކި އަތޮޅުތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަސްތައް ޤާއިމުކުރުމާއި، ބައެއް ރަށްރަށުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކެމްޕަސްތައް އެޅުމުގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. މަމްދޫހު ވިދާޅުވި ގޮތުގައި މި ތަރައްޤީގެ ސަބަބުން މުޅި ރާއްޖޭގެ ދަރިވަރުންނަށް ވެސް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަސޭހައިން ލިބިގެންދާނެއެވެ.

އާންމު އަސާސީ ޚިދުމަތްތަކަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވަމުން މަމްދޫހު ވިދާޅުވީ، ރައްޔިތުން މިހާރު އެހެން ރަށަކަށް ދަތުރުނުކޮށް، އަމިއްލަ ރަށުން ޤައުމީ އައިޑީ ކާޑު ހެއްދުމާއި، އެފްއެސްއެމްގެ ރޭޓުގައި ތެޔޮ ލިބުމާއި، އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތް ލިބެމުންދާ ކަމަށެވެ.

ޞިއްޙީ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މީހުން ދިރިއުޅޭ 180 ރަށެއް ވާއިރު 73 ރަށެއްގައި އަސާސީ މެޑިކަލް ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ވެސް ނެތް ކަމަށެވެ. މަމްދޫހު ވިދާޅުވީ އެ ރަށްރަށުގެ ރައްޔިތުން އެފަދަ ޚިދުމަތްތައް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުނު ކަމަށާއި، ވިއްސާރަ މޫސުމުގައި ޞިއްޙީ ފަރުވާއަށް ލަސްތަކެއް ކުރިމަތިވި ކަމަށެވެ.

އެމްޕީ މަމްދޫހު އެމްޑީޕީ ގެ ވޭތުވެދިޔަ ފަސް އަހަރުގެ ވެރިކަމަށް އިތުރަށް ފާޑުވިދާޅުވެ، އެ ސަރުކާރުގެ ދައުރުގައި މި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ޤާއިމުކޮށްދީފައި އޮންނަންޖެހޭނެ ކަމަށްވެސް ވިދާޅުވިއިއެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | 37 މިނިޓު ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | 20 ގަޑިއިރު ކުރިންމަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | ދުވަހެއް ކުރިންބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 6 ދުވަސް ކުރިން