logo
MPL

MPL

ޚަބަރު

ބަޖެޓް ބަހުސް ފަށައިފި

އަޙުމަދު ރަމީޒު
9 ނޮވެމްބަރު 2026 - 10:43
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮތް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮތް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަޖެޓު ބަހުސް ކުރުމަށް އާންމު ކޮމިޓީން މި މަރުހަލާގައި ލަފާދީފައިވަނީ ކޮންމެ މެންބަރަކަށް 15 މިނެޓުގެ އެއް ފުރުސަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބަޖެޓު ބަހުސް ކުރިއަށްދާއިރު މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުން ފާހަގަކުރާ ނުކުތާތަކަށް ޖަވާބު ދިނުމަށް ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 59,704,440,795 ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ހުށަހެޅި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެތެރެއިން އެންމެ ބޮޑު އަދަދެއް ހާއްސަކޮށްފައިވަނީ ރިކަރެންޓް ޚަރަދަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ ދިނުމާއި، ހިންގުމުގެ އެހެނިހެން ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މީގެއިތުރުން، ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭހެން 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން ބިން ހިއްކުމާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް 8.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވެއެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުންގޮސް 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓް ބަހުސް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | 5 ގަޑިއިރު ކުރިންއެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %6.8 އިތުރުވެ، 3.3 ބިލިޔަން ރުފިޔާއަށް ޚަބަރު | ދުވަހެއް ކުރިންކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | 5 ދުވަސް ކުރިން