logo
MPL

MPL

ޚަބަރު

ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ އަހަރީ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް މަތިކޮށް، ވޭމަންޑޫގައި 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އަޅަން 9.7 މިލިއަން ޑޮލަރު ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ނޮވެމްބަރު 2026 - 18:41
ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ  ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރު

ތ. ވޭމަންޑޫގައި 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ކުވެއިތު ފަންޑު ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން ދިވެހި ސަރުކާރާއެކު 3 މިލިއަން ކުވެއިތު ދީނާރު (ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ އިތުރުން، 2027 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދޭ އަހަރީ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވެސް ކުވެއިތު ފަންޑުން ވަނީ ނިންމައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ވޭމަންޑޫ ހޮސްޕިޓަލް މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝީދު އަލް-ބަދަރެވެ. މި އެއްބަސްވުމަކީ ކުވެއިތު ފަންޑުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނެވެ. އަދި މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރެވެ.

މި މަޝްރޫޢުގެ ދަށުން ވޭމަންޑޫގައި ވަސީލަތްތައް ފުރިހަމަ 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ޤާއިމުކުރުމުން، ތ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވި އިޙްތިރާމުގެ ބައްދަލުވުމުގައި، ކުވެއިތު ފަންޑުން ވަނީ ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ލޯނު ލިމިޓު މިހާރު އޮތް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް ބޮޑުކުރުމަށް ނިންމިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

މީގެއިތުރުން، ތިލަފުށި ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ކުވެއިތު ފަންޑުން ވަނީ ހާމަކޮށްފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތަރައްޤީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | ގަޑިއިރެއް ކުރިންސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށްޚަބަރު | 2 ދުވަސް ކުރިންދައުލަތުގެ އިދާރާތަކުން ނުދައްކާ ހުރި ބިލްތައް މީރާގެ ޓެކުހަށް ބަދަލުކޮށް އަޅައިކެނޑޭނެ މަގު ފަހިކޮށްދީފިޚަބަރު | 3 ދުވަސް ކުރިންދައުލަތުގެ އާމްދަނީ 33 ބިލިއަން ރުފިޔާ ހުރަސްކޮށްފި، އެންމެ ބޮޑު ކުރިއެރުމެއް ޓެކުހުންޚަބަރު | 3 ދުވަސް ކުރިން