ވިޔަފާރިތަކަށް ބޮޑު ލުޔެއް: ދައުލަތުގެ އިދާރާތަކުން ނުދައްކާ ހުރި ބިލްތައް މީރާގެ ޓެކުހަށް ބަދަލުކޮށް އަޅައިކެނޑޭނެ މަގު ފަހިކޮށްދީފި
1 ނޮވެމްބަރު 2026 - 15:17

ދައުލަތުގެ އިދާރާތަކުން ލިބެންޖެހި ނުލިބި ހުރި ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމެއް ހަމަޖައްސައިފިއެވެ.
މާލީ ވުޒާރާއާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، އެ ފައިސާ މީރާއަށް ދައްކަންޖެހޭ ޓެކްސްއާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން އެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އިންތިޒާމުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުދައްކާ ހުރި ބިލްތަކަށެވެ. އެގޮތުން، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް އަޅައިކެނޑުމަށްފަހު ބާކީވާ އަދަދު އެ ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭނެއެވެ. އަދި މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން ދައްކަންޖެހޭ ފައިސާއަށްވުރެ ކުޑަނަމަ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ސަރުކާރުގެ ބިލްތައް އަޅައިކެނޑުމަށްފަހު ބާކީވާ އަދަދު ސަރުކާރުން އެ ފަރާތަށް ދައްކައި ޚަލާޞްކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅަންވާނީ ލިބެންޖެހޭ ފައިސާގެ ތަފްޞީލާއެކު، އެ އިދާރާއިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

-01.jpg&w=3840&q=75)
