logo
MPL

MPL

ޚަބަރު

ކަސްޓަމްސްގެ މާލީ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަނީ

އައިޝަތު ނަޝާ
31 އޮކްޓޯބަރު 2026 - 05:50
ކަސްޓަމްސްގެ މާލީ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަނީ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފިސްކަލް މެންޑޭޓް މާލީ ކަންކަމާއި ދަޢުލަތުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ބަދަލު ގެންނަން ނިންމީ، ދަޢުލަތުގެ އާމްދަނީއާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް، ޤަވާއިދުތަކަށް އަމަލުކުރާ މިންވަރު މަތިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ކަސްޓަމްސްގެ މާލީ މަސްއޫލިއްޔަތުތައް މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށާއި، ޓެކްސް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

މިގޮތުން މާލީ ވުޒާރާގެ ދަށަށް ބަދަލުކުރެވޭ ކަސްޓަމްސްގެ މާލީ ޒިންމާތަކަކީ

  • ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލުން ނަގަންޖެހޭ އިމްޕޯޓް/އެކްސްޕޯޓް ޑިއުޓީއާއި އެހެނިހެން އިދާރީ ފީތައް ހިސާބުކޮށް ބަލައިގަތުން.
  • ލަގްޒަރީ މުދަލާއި ސިއްހަތަށް ގެއްލުންދޭ ތަކެތި ކަމަށްވާ ދުންފަތުގެ ބާވަތްތަކުން ނަގާ ޚާއްޞަ ޑިއުޓީތައް ބެލެހެއްޓުން.
  • މުދަލުގެ އަގު ދަށްކޮށް ހުށަހެޅުމާއި، ޑިއުޓީ ދެއްކުމުން ރެކެން މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން.

ކަސްޓަމްސްއަކީ އިމްޕޯޓް ޑިއުޓީއާއި ބޯޑަރުން ނަގާ ޖީ.އެސް.ޓީ އަދި ތަފާތު އެކި ފީތައް ނެގުމުގެ މުހިންމު ޒިންމާ އަދާކުރާ އިދާރާއެކެވެ. ކަސްޓަމްސްގެ މާލީ މެންޑޭޓް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ނިންމާފައި މިވަނީ، އެ އިދާރާއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި މައްސަލަ ފާހަގަވެފައިވާ ދަނޑިވަޅެއްގައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރުނު ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ނުލިބިވާ ފައިސާގެ އަދަދު 461 މިލިއަން ރުފިޔާއަށް އަރައެވެ. މާލީ ވުޒާރާގެ އަމާޒަކީ މި ބަދަލުތަކާއެކު، ދައުލަތަށް ލިބެންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް އަދި ނިޒާމީ ގޮތެއްގައި ހޯދޭނެ އިންތިޒާމުތައް ވަރުގަދަކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސްޓަމްސްގެ މާލީ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަނީޚަބަރު | 4 ގަޑިއިރު ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 20 ގަޑިއިރު ކުރިން6 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފިޚަބަރު | 5 ދުވަސް ކުރިންޖީޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް މަތިވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއްޚަބަރު | 11 ދުވަސް ކުރިން