logo
MPL

MPL

ޚަބަރު

6 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި

އަޙުމަދު ރަމީޒު
26 އޮކްޓޯބަރު 2026 - 09:11
6 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ޖިހާދު ބިން އަރީފްއާއި، އެމްޑީ މިޒަންނޫރު ރަހްމާންއާއި، މިރްޒާ އަލް އަމީންގެ އިތުރުން އެމްޑީ އަރްމާން އަލީ ކިޔާ މީހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މި މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.

އަތުލައިގެން ޝިޕްމަންޓުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށާއި ބާކީ ތިބި މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

6 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | ދުވަހެއް ކުރިންދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޒިހާން ހައްޔަރުކޮށްފިޚަބަރު | 6 ދުވަސް ކުރިންތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީޚަބަރު | 6 ދުވަސް ކުރިން