އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %6.8 އިތުރުވެ، 3.3 ބިލިޔަން ރުފިޔާއަށް
8 ނޮވެމްބަރު 2026 - 06:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު %6.8 އިތުރުވެ، 3.3 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.64 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.54 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 6.4 އިންސައްތައިގެ ގެ ކުރިއެރުމެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެ ފީގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާއެވެ. މިއީ 7.6 އިންސައްތައިގެ އިތުރުވުމެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މި ދެ ފީއާއި ޓެކުހުންވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުން އިސްތިސްނާވާ އިރު، ޑިޕާޗަރ ޓެކުހުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންވެސް އިސްތިސްނާ ވެއެވެ.
އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ މުޅި އާމްދަނީ ޖަމާކުރަމުން ދަނީ ރާއްޖޭގެ ސޮވެރިން ފަންޑަށެވެ. މީގެ އިތުރުން އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑާއި، އެއާޕޯޓުގެ ބައެއް ހިދުމަތްތަކުގެ ފީ ބޮޑުކޮށްގެން ލިބޭ އިތުރު އާމްދަނީވެސް އެ ފަންޑަށް ޖަމާކުރެވޭކަން ފާހަގަކޮށްލެވެއެވެ.

-01.jpg&w=3840&q=75)
