logo
MPL

MPL

ޚަބަރު

މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށް

އަޙުމަދު ރަމީޒު
9 ނޮވެމްބަރު 2026 - 07:17
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ޕީއެންސީގެ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިލްގެ މަގުސަދުތަކުގެ ތެރޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިދާނެ ކުށެއް ދިވެހިރާއްޖޭގެ ކޯޓަކުން ސާބިތުކޮށްދީފިނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތައް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން މަރުގެ އަދަބު ކަނޑައެޅުމުގައި ކޯޓުތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ކަނޑައެޅުމާއި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ޝަރުތުތަކާއި އުސޫލުތައް ކަނޑަައެޅުންވެސް ބިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުން ވަގުތީ ގޮތުން މަނާވާ ހާލަތްތައް ކަނޑައެޅުމާއި މަރުގެ އަދަބު ތަންފީޒު ކުރުމުގައި ދައުލަތުން އަމަލުކުރަންޖެހޭ ގޮތުގެ ފުރިހަމަ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި ދައުލަތުގެ އިދާރާތަކުގެ ދައުރު ކަނޑައެޅުމަކީވެސް ބިލުގެ މަގުސަދެކެވެ.

ބިލްގައިވާ ގޮތުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވުމުން ދަންޖައްސައިގެންނެވެ. މަރުގެ އަދަބު ތަންފީޒުކުރެވޭ ކަހަލަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި އެ ހުކުމް ތަންފީޒުކުރެވޭނީ މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ހުކުމަކަށް ވާސިލްވުމުން ކަމަށް ބިލްގައި ހިމަނާފައިވެ އެވެ.

މަރުގެ އަދަބު ލިބޭ ފަދަ މައްސަލަތަކުގައި ދައުވާ ލިބޭ މީހާއަށް ޝަރީއަތުގެ ހުރިހާ މާރުހަލާއެއްގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިފައިވާކަން ކޯޓުން ކަށަވަރުކުރުމަށް ލާޒިމުކޮށްފައިވާއިރު ދައުވާ ލިބޭ މީހާއަށް އެ ހައްގު އެންމެ ފުރިހަމައަށް ލިބިފައި ނުވާ ކަމަށް ކޯޓަށް ފެންނަނަމަ އެ މީހަކަށް މަރުގެ އަދަބު ކަނޑައަޅައިގެން ނުވާނެ ކަމަށްވެސް ބިލްގައިވެ އެވެ.

މިބިލްގައި ވަނީ މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަތް މެންބަރުން ހިމެނޭ ހާއްސަ ޕެނަލެއް އެކުލަވާލުމަށް ކަނޑައަޅާފަ އެވެ۔ މީގެތެރޭގައި ޕްރޮސެކިއުޓާ ޖެނަރަލް އައްޔަންކުރަންޖެހޭ އެ އޮފީހުގެ ބޭފުޅަކާއި، ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅާ ބޭފުޅަކާއި ކަމާގުޅޭ ބައެއް އިދާރާތަކުން ކަނޑައަޅާ ބޭފުޅުން ހިމެނެ އެވެ. މިޕެނަލްގައި ހިމެނޭ ހަތަރު މެންބަރުންގެ އަގުލަބިއްޔަތުން މަރު އަދަބު ތަންފީޒުކުރުމުގެ އަމުރު ނެރުމުގެ ބާރު ޕެނަލަށް ބިލްގައި ދީފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | 9 މިނިޓު ކުރިންމަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލު މަޖިލީހަށްޚަބަރު | 2 ގަޑިއިރު ކުރިންބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 5 ދުވަސް ކުރިންމިނިސްޓަރު ސައީދަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފިޚަބަރު | 5 ދުވަސް ކުރިން