މިނިސްޓަރު ސައީދަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި
4 ނޮވެމްބަރު 2026 - 08:45

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ނެގި ވޯޓުގައި ސައީދަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. ސައީދަށް އިތުބާރު އޮތް ކަމަށް ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވި އެވެ.
ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިނިސްޓަރު ވަނީ އެމަނިކުފާނުގެ ދާއިރާއިން މިސަރުކާރުގައި ކޮށްފައިވާ މަސައްކަތްތައް ވަރަށް ތަފްސީލްކޮށް ހިއްސާކުރައްވާފަ އެވެ. އެގޮތުން ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއްނެތި މައްޗަށްގޮސް، ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނިމިދިޔަ ސަރުކާރުން ބަލަހައްޓާފައި ނުވާތީ ދިމާވި މައްސަލަތައް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި މިސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވެފައި އޮތް އޮތުން ނިމުމަކަށް ގެނައި ގޮތާއި، ބިޔަ މަޝްރޫއުތައް ގެނައުމުގައި މިސަރުކާރުން ބަލަމުންދާ ކަންކަމުގެ މައްޗަށްވެސް ސައީދު ވަނީ ވާހަކަދައްކަވާފަ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވާހަކަދެއްކެވި ވެރިކަން ކުރާ ޕީއެންސީގެ ހުރިހާ މެންބަރުންވެސް ސައީދަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ، ސައީދުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ،

-01.jpg&w=3840&q=75)
