އިދިކޮޅުގެ ފާޑުކިޔުންތަކަށް ސަޢީދުގެ ރައްދު: "ބަންކަރިން ހިދުމަތުން 90 މިލިއަން ޑޮލަރު ލިބިއްޖެ"
4 ނޮވެމްބަރު 2026 - 06:27

ސަރުކާރުން އަލަށް ފެށި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތުން 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން އެ ޚިދުމަތަށް ކިޔަމުންދާ ފާޑުކިޔުންތަކަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި، މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން، މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން ސަޢީދު ވިދާޅުވީ 90.07 މިލިއަން ޑޮލަރުގެ ޢާމްދަނީއެއް ލިބުނީ އެންމެ ދެ ބޯޓު ބޭނުންކޮށްގެން ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އަދި ބަންކަރިންގ ޚިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ހޯދިދާނެ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުމަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، އެއަށްވުރެ ވެސް ބޮޑު ފުރުޞަތެއް މިއަދު އެބައޮތް ކަމަށެވެ.
"ބޮޑެތި ކަންކަން ވާނީ ބޮޑެތި މަސައްކަތްކޮށްގެން، ގިނަ ދުވަހުން. އަޅުގަނޑުމެންނަށް ވާރުތަވި ޙާލަތުގައި އެހާ ބޮޑެތި ދަރަނިތައް ނެތި ފައިސާ ޗާޕުކުރުމުގެ ނާމާން ސިޔާސަތު ގެންގުޅެފައި އޮތީމަ ނޫންތޯ ރާއްޖެ ބަނގުރޫޓު ނުކޮށް މިހާ ހިސާބަށް އައިސް މަސައްކަތް މި ކުރެވެނީ. މާނައަކީ އެ ޙާލަތުން ސަލާމަތްކޮށްފައި ވެސް ބަންކަރިންގ ޚިދުމަތުން އިރާދަކުރެއްވިއްޔާ 90.07 މިލިއަން ޑޮލަރު ލިބުނީ،" ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ޚިދުމަތުގެ ތެރެއިން ވިއްކި ތެލުގެ 70.31 އިންސައްތައަކީ "ލޯ ސަލްފާ ފިއުލް" އެވެ. ޑްރެޖަރުތަކަށް މި ބާވަތުގެ ތެޔޮ އަޅާތީ ކުރެވޭ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ސަޢީދު ވަނީ، މީގެކުރިން ޑްރެޖަރުތަކަށް އެ ތެޔޮ އަޅަމުންދިޔައީ އަވަށްޓެރި ޤައުމުތަކުން ކަން ފާހަގަކުރައްވާފައެވެ.
އަދި އެސްޓީއޯގެ އަހަރީ ފައިދާގެ ވާހަކަ ދައްކާއިރު، އެ ކުންފުންޏަށް އެންމެ ފައިދާބޮޑު އެއް ޚިދުމަތުގެ ގޮތުގައި ފާހަގަކުރަނީ ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ކަމަށްވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
