logo
MPL

MPL

ޚަބަރު

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމު

އަޙުމަދު ރަމީޒު
4 ނޮވެމްބަރު 2026 - 14:52
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ސަލީމު
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ސަލީމު

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުއަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މަޖިލީހުގެ ނައިބް ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމްގެ ނަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވިއިރު ސަލީމް ކޮމިޓީގެ މުގައްރިރަކަށް އައްޔަންކުރުމަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވި އެވެ.

މީގެ އިތުރުން ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ނައިބް މުގައްރިރަކަށް ހަމަޖައްސާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.

މިހިނގާ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓު ދިރާސާކުރި ކޮމިޓީގެ މުގައްރިރަކީވެސް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ. އެ ކޮމިޓީގައިވެސް ނައިބް މުގައްރިރަކީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް އާންމު ކޮމިޓީން މިހާރު ވަނީ ނިންމާފަ އެވެ. އަދި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށްވެސް ކޮމިޓީން ނިންމަވާފައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި ބަޖެޓަކީ މިހިނގާ އަހަރަށް ފާސްކުރި ބަޖެޓާ އަޅާ ބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 3 ގަޑިއިރު ކުރިންމިނިސްޓަރު ސައީދަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންއިދިކޮޅުގެ ފާޑުކިޔުންތަކަށް ސަޢީދުގެ ރައްދު: "ބަންކަރިން ހިދުމަތުން 90 މިލިއަން ޑޮލަރު ލިބިއްޖެ"ޚަބަރު | 11 ގަޑިއިރު ކުރިންދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފްޚަބަރު | ދުވަހެއް ކުރިން