އެމްޑީޕީގެ ސިޔާސީ ފިކުރުގެ ބިންގާ އަޅާފައި ވަނީ އިސްރާއީލުގެ އެހީތެރިކަމާއެކު: ޝުޖާއު
18 ނޮވެމްބަރު 2026 - 07:36

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފިކުރީ ބިންގާ އަޅާފައިވަނީ އިސްރާއީލުގެ އެހީތެރިކަމާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާ މެންބަރު އިބްރާހީމް ޝުޖާއު ތުހުމަތުކުރައްވައިފިއެވެ.
ޝުޖާއު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މިސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިމިގްރޭޝަން ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ. އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން، ޝުޖާއު ވަނީ އެމްޑީޕީން ދިވެހި ރައްޔިތުންނަށް އޮތް އިޚްލާޞްތެރިކަމާ މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން، ދިވެހިންގެ ލޮލުގެ ފަރުވާއަށް އިސްރާއީލުގެ ޑޮކްޓަރުން ރާއްޖެ ގެނައުމަށް އެމްޑީޕީ ސަރުކާރުގައި ދެއްކި ވާހަކަތަކަށް އަލިއަޅުއްވާލެއްވިއެވެ. ޝުޖާއު ވިދާޅުވީ، އިސްރާއީލުގެ ސިއްޙީ މާހިރުން ރާއްޖެ ގެނައުމަށް އެމްޑީޕީން ވިސްނުމަކީ ވެސް، އެ ޕާޓީގެ ސިޔާސީ ވިސްނުމާއި ޤައުމީ މަސްލަހަތަށް އޮތް އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިހާރު ހުށަހަޅާފައިވާ އިމިގްރޭޝަން ބިލް ދިފާޢުކުރައްވަމުން ޝުޖާއު ވިދާޅުވީ، މި ޤާނޫނު އެކުލަވާލަނީ އިމިގްރޭޝަނާ ގުޅުންހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ސާފު މަޤްޞަދެއްގައާއި ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ދެނެގަނެ، އެމީހުން ދިރިއުޅޭ ހާލަތްތައް ހިމެނޭހެން އެމީހުންގެ މަޢުލޫމާތު އެއްކުރުމަށް އެކަށީގެންވާ ނިޒާމުތަކެއް ބޭނުންވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
