logo
Bank of Maldives

Bank of Maldives

ޚަބަރު

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއެކު ރައީސަށް ޢިލްމުވެރިންގެ ތަޢުރީފު

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2025 - 11:25
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއެކު ރައީސަށް ޢިލްމުވެރިންގެ ތަޢުރީފު

މޫނު ބުރުގާއާ މެދު އޮތް ތަފާތު ކުރުން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް، ޢިލްމުވެރިން ތައުރީފުކުރައްވައިފިއެވެ.

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އެޅުން މަނާކޮށް، ސިވިލް ސާވިސްގެ ގަވައިދުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުންނަން ހުރަހެއް ނެތް ކަމަށް ކަނޑައަޅައި ގަވައިދު އިސްލާހުކޮށް، ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުމަށް ތައުރީފް ކުރައްވާ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަޅާފައި ހުންނަ ހެދުމުގެ ސަބަބުން ވަޒީފާއިން މަހްރޫމްކުރި ޒަމާން ފާއިތުވެ، އިޖްތިމާއީ އަދާލަތު ޤާއިމުވެ މޫނު ބުރުގާއާމެދު އޮތް ތަފާތު ކުރުން ނެތިވެގެން ދިއުމަކީ އަންހެނުންގެ ވަޒީފާގެ ހައްގުތައް ހިމާޔަތް ކުރުމުގައި ފަހިވި ފުރުސަތެއް ކަމަށެވެ.

ދީނީ ޢިލްމުވެރިޔާ މުހައްމަދު ލަތީފް ވެސް ވަނީ އެ ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރުއަދާކުރައްވާ އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ޝެއިހް ވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިސްލާޙުކޮށް، ގެޒެޓުކުރެވިފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި. ކަމާގުޅުންހުރި އެންމެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ދީނީ ޢިލްމުވެރިޔާ އަޙްމަދު ސަމީރު ރައީސަށް ޝުކުރު އަދާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، މޫނު ބުރުގާ ތުރުކުރަައްވާ ސިވިލް ސަރވިސް ވަޒީފާ އަދާކުރުމަށް ކުރީގެ ސަރުކާރު ތަކުން ދަތިކުރަމުން ދިޔަ މާްއްދާ ބަދަލުކޮށް ދެއްވުމަކީ ވަރަށް ހެޔޮ ކޮށް ކުރައްވާފައިވާ ކަމެއް ކަމަށާާއި އެކަމަށްޓަކާ ރައީސައްށާއި ސިވިލް ސަރވިސް ކޮމިޝަނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސްގެ މި ސިޔާސަތާ އެއްގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ވަނީ މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރަން ފަހިވާގޮތަށް އިސްލާހުކޮށްފައެވެ. އެއާއެކު މިހާރު މޫނު ބުރުގާ އަޅައިގެން ސިވިލް ސަރވިސް ކޮންމެ މުވައްޒަފަކަށްވެސް މަސައްކަތްކުރެވޭނެއެވެ. އަދި މޫނު ބުރުގާ އަޅާ މީހަކަށް ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަން ކުރިމަތިލުމަކަށްވެސް ހުރަހެއް ނެތެވެ.
މިއީ އިސްލާމީ ގައުމެއްގައި އިސްލާމީ އުސޫލުތަކަށް ފަހި މާހައުލެއް ގާއިމު ކުރުމަށް މުހިންމު ފިޔަވަޅެކެވެ.އަދި މިއީ ރާއްޖޭގައި މީގެކުރިން އުފެދުނު އެއްވެސް ވެރިކަމެއްގައި ތަންފީޒު ކުރަން ނުކެރުނު ފިޔަވަޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއެކު ރައީސަށް ޢިލްމުވެރިންގެ ތަޢުރީފުޚަބަރު | ދުވަހެއް ކުރިންކުންފުނިތަކުގައި އުޅުނު މުއްދަތު، ޚިތުމަތުގެ މުއްދަތައް ގުނާގޮތަށް ގެނައި ބަދަލު ބާތިލްކޮށްފި ޚަބަރު | 8 ދުވަސް ކުރިންސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފިޚަބަރު | 9 ދުވަސް ކުރިންސިވިލް މުވައްޒަފުން ރިޓަޔަރކުރާއިރު އެސްއޯއީތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަން ނިންމައިފިޚަބަރު | 12 ދުވަސް ކުރިން