logo
Bank of Maldives

Bank of Maldives

ޚަބަރު

ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދެނީ

މުޙައްމަދު އަފްރާޙް
15 ފެބްރުއަރީ 2026 - 07:07
ސަރުކާރު މުވައްޒަފުންތަކެއް، ފޮޓޯ: ސީއެސްސީ
ސަރުކާރު މުވައްޒަފުންތަކެއް، ފޮޓޯ: ސީއެސްސީ

ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

ސީއެސްސީގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒު ވިދާޅުވީ ބައެއް މުވައްޒަފުންނަށް ދިމާވާ ބައެއް ހާލަތްތަކުގެ ސަބަބުން އޮފީހަށް ސީދާ ގަޑިއަށް އައުމުގައި ތަކުލީފުތަކެއް ދިމާވަމުންދާ ކަމަށެވެ. އަދި ބައެއް މުވައްޒަފުންނަށް ދިމާވާ އެކި ހާލަތްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔުމަކީ ގިނަ މުވައްޒަފުންގެ އެދުމެއްކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ސިވިލް ސަރވިސްގެ އިދާރާތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ޝައުޤުވެރި މާހައުލެއް އުފެއްދުމާއި، ހަރުދަނާ ގޮތެއްގައި މަސައްކަތުގެ މާހައުލު ބައްޓަން ކުރުމަށް ފުރުސަތުތަކެއް ހޯދައިދިނުމަކީ އުއްމީދެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކި ހާލަތްތަކުގައި ދިމާވާ ދަތިތަކުގެ ސަބަބުން މުވައްޒަފުން ހާޒިރުވާ ގަޑިއަށް ލުއިތަކެއް ދިނުމަށް ވެސް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

މިބަދަލުގެ އިތުރުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް މަސައްކަތުގެ ގަޑީގެ ތެރެއިން ލުއިތަކެއް ދިނުމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެކަމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ސީއެސްސީން މިހާރުއަންނަނީ ކުރަމުންނެވެ.

މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އަންހެނުންނަށް ވިހެއުމާއި ގުޅިގެން މިހާރު ދެމުންދާ ލުއިތަކުގެ އިތުރަށް ލުއި ދިނުމަށް ސަރުކާރުން ކުރަމުންއަންނަ މަސައްކަތުގެ ދަށުން ވިހެއުމާއި ގުޅިގެން އަންހެނުންނަށް 6 މަސް ދުވަހުގެ މެޓަރނިޓީ ޗުއްޓީއެއް މިހާރުއަންނަނީ ދެމުންނެވެ. އަދި ތުއްތު ދަރިފުޅަށް 1 އަހަރު ފުރުމާ ހަމައަށް ވަޒީފާގެ ވަގުތު ތެރޭގައިވެސް ދަރިފުޅު ގާތު މަޑުކުރެވޭނެހެން ލުއިތަކެއް ވެސް ވަނީ ދީފައެވެ.

ހަމަމިއާއެކު ގާނޫނަށް ބަދަލު ގެނެސް މިމުއްދަތު އިތުރުކޮށް، 1 އަހަރުގެ ބަދަލުގައި ދަރިފުޅަށް 2 އަހަރު ފުރުމާއި ހަމައަށް ލުއިދޭ ގޮތަށް ހަމަޖެއްސުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ސިއްރުން ދޫކޮށްލީ ފިނޑި ނޭއްގާނީ ގޮތެއްގައި، އެބައި ހޯދުމުގެ މަސައްކަތް އެބަކުރަން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންވަރަށް ރުންކުރުގޮތެއްގައި ރާއްޖެ ކޮމަންވެލްތުން ވަކިކުރި ދުވަސްވަރެއްދިޔަ، އެކަމު އެއީ މުހިންމު ޖަމާއަތެއް: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންސާރކް އަލުން އޮޕަރޭޝަނަލް ކުރުމަށް ރައީސް ގޮވާލައްވައިފި, މީޑިއޭޓަރެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރުޚަބަރު | 7 ގަޑިއިރު ކުރިންއެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެފަހަރަކު ރާއްޖޭގައި ތަންފީޒުކުރީ ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް: ރައީސްޚަބަރު | 10 ގަޑިއިރު ކުރިން