logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ފޮސްޓާކުރާ ބެލެނިވެރިންނަށް ޗުއްޓީ ލިބޭގޮތަށް ސިވިލް ސަރވިސް ގަވައިދު އިސްލާހުކޮށްފި

މަރިޔަމް މާޙީ
14 އޭޕްރީލު 2026 - 10:51
ފޮސްޓާކުރާ ބެލެނިވެރިންނަށް  ޗުއްޓީ ލިބޭގޮތަށް ސިވިލް ސަރވިސް ގަވައިދު އިސްލާހުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރާ ނުވަތަ އެކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ޚާއްޞަ ޗުއްޓީއެއް ދޭން ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮސްފިއެވެ.

މި އިޞްލާޙުގައިވާ ގޮތުން، ފޮސްޓަރ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ މާހައުލަކަށް ފޮނުވުމުގެ ގޮތުން ހަވާލުކުރާ ކުދިން ބަލަހައްޓާ ސިވިލް ސަރވިސް މުވައްޒަފުންނަށް މި ޗުއްޓީ ލިބޭނެއެވެ. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޞްލާޙު ކުރެވުނު ގަވާއިދުގައި މުވައްޒަފުންނަށް ޗުއްޓީ ދޭނެ ގޮތުގެ ތަފްޞީލުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ހަވާލުވާ ކުއްޖާގެ އުމުރުން 6 މަސް ނުފުރޭނަމަ، 6 މަސް ދުވަސް ހަމަވުމާ ހަމައަށް ޗުއްޓީއެއް ލިބޭނެއެވެ. އަދި ކުއްޖާގެ އުމުރުން 6 މަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. މީގެ އިތުރުން ކުއްޖާގެ އުމުރުން 6 މަސް ފުރިފައިވާ ނަމަވެސް، 30 ދުވަހުގެ ޗުއްޓީއެއް މުވައްޒަފަށް ލިބޭނެއެވެ.

މި ހުރިހާ މުއްދަތެއްގައިވެސް މުވައްޒަފަށް މުސާރައާއި އިނާޔަތްތައް އުނިނުވެ ލިބޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ އާންމު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، މަހަކު 5،000 ރުފިޔާގެ ޚާއްޞަ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް މމި އެލަވަންސް ދޭނީ އެފަރާތްތަކުގެ މާލީ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައެވެ.

ހަމައެއާއެކު، ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލަކާއެކު، ވިހައިގެން ވަޒީފާއަށް ނުކުންނަ މައިންނަށް ދަރިފުޅަށް ދެ އަހަރު ވަންދެން ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ބްރޭކެއް ދިނުމަށްވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ. މި ބްރޭކް ގަޑިތަކަކީވެސް މުސާރަ ލިބޭ ގޮތަށް ހަމަޖައްސާފައިވާ ވަގުތުތަކެކެވެ.

މި ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލުތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮސްޓާކުރާ ބެލެނިވެރިންނަށް ޗުއްޓީ ލިބޭގޮތަށް ސިވިލް ސަރވިސް ގަވައިދު އިސްލާހުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެ އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރެވޭނެ ފުރުސަތު ދެނީޚަބަރު | 2 މަސް ކުރިންސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދެނީ ޚަބަރު | 2 މަސް ކުރިންސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އިރު ސީއެސްސީ އަށް ހުށަހަޅާގޮތަށް ބަދަލެއް!ޚަބަރު | 3 މަސް ކުރިން