ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެ އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރެވޭނެ ފުރުސަތު ދެނީ
26 ފެބްރުއަރީ 2026 - 11:21

ސިވިލް ސާވިސްގެ މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފުރުސަތު ލިބޭ ގޮތަށް ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ސިވިލް ސާވިސް ގަވާއިދުގެ އިސްލާހުގައި ވަނީ ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އޮފީހަށް ހާޒިރުނުވެ، އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައި އެގޮތަށް މަސައްކަތްކުރުމުގެ ހުއްދަ ދެވޭނެ ގޮތްތައް ބަޔާންކޮށްފައެވެ.

Ad by Hajj Corporation
އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ދަރަޖަ ކުރެވޭނެ ތިން ގޮތެއް ވެސް އެ ގަވާއިދުގައިވެއެވެ. އެއީ؛
ދަރަޖަ 1: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ ބެލެނިވެރިން.
ދަރަޖަ 2: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން މެދު މިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން.
ދަރަޖަ 3: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުން ނުވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން.
ގަވާއިދުގައި ބުނީ ދަރަޖަ 1 ގައިވާ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށެވެ. އަދި ދަރަޖަ 2 އާއި ދަރަޖަ 3 ގައިވާ ބެލެނިވެރިން އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅުދުންތެރިކަން ހުންނަ ކުއްޖާގެ ކައިރީގައި ކޮންމެހެން ވެސް ހުންނަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކުއްޖަކަށް ވާނެ ޖެހެއެވެ. އަދި އެ ކުއްޖާގެ ބެލެނިވެރިންކަމުގައި ބަލާނީ އޭނާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޝަރުއީ ބަލަދުވެރިޔާ ނަމައެވެ.
އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ގޮތާއި އެ މުވައްޒަފުންގެ ބަފާ ޓައިމް ކަނޑައަޅާނެ ގޮތާއި ހުސްވަގުތުކޮޅާ އެކު އިތުރު ވަގުތު ދޭނެ ގޮތް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރު ނުވެވޭ ދުވަސްތަކަށް، މަސައްކަތަށް ހާޒިރުވާން ކަނޑައަޅާފައިވާ ގަޑިން ފެށިގެން އެއް ގަޑިއިރުގެ ވަގުތެއް ބަފާ ޓައިމްގެ ގޮތުގައި ދެވޭނެ އެވެ. އަދި ބަފާ ޓައިމްގެ ތެރޭގައި، މުވައްޒަފު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެ މިންވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރެވޭނެއެވެ.
އެ މުވައްޒަފުންނަށް ދެވޭ ހުސްވަގުތުކޮޅުގެ 30 ތިރީސް މިނިޓުގެ އިތުރަށް، ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއާ ގުޅޭ ޒިންމާތަކުގެ ތެރެއިން އާދަވެގެން ކޮންމެ ދުވަހަކު އަދާކުރަން ޖެހޭ ޒިންމާއަކާ ގުޅިގެން އިތުރަށް ވަގުތު ބޭނުންވާ ހާލަތުގައި، ހުސްވަގުތުކޮޅާ އެކު އިތުރު ވަގުތު، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސައިދެވޭނެ ކަމަށް އެ އިސްލާހުގައި ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކުއްޖަކަށް ވާނެ ޖެހެ އެވެ. އަދި އެ ކުއްޖާގެ ބެލެނިވެރިންކަމުގައި ބަލާނީ އޭނާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޝަރުއީ ބަލަދުވެރިޔާ ނަމައެވެ.