logo
E-Platinum
ޚަބަރު

ކުރިއަށް އޮތް 24 ގަޑި އިރު ވެސް މޫސުންގޯސް، އުދައަރާފާނެކަމަށް ލަފާކޮށްފި

ޝަހްޒާ މުހައްމަދު
31 ޖުލައި 2025 - 04:55
މޫސުން ގޯސްވުން
މޫސުން ގޯސްވުން

މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް ، އިން ފަލާކޮށްފިއެވެ.

އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ މަޢުލޫމާތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ބުނެފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފ. ނިލަންދޫއަށް ކަމަށާއި، އެރަށަށް 77.5 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެއިތުރުން، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ އަންގަވާފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވުމާއެކު، ގަދަވަޔާއި ބޯވާރޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކުރެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 24 ގަޑި އިރު ވެސް މޫސުންގޯސް، އުދައަރާފާނެކަމަށް ލަފާކޮށްފި ޚަބަރު | 21 ގަޑިއިރު ކުރިންމިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސްޚަބަރު | 2 ދުވަސް ކުރިންމޫސުން ގޯސް، މުޅި ރާއްޖެ އަށް ވައިޓް އެލާޓް!ޚަބަރު | 3 ދުވަސް ކުރިންދުވަހުގެ މޫސުން: ރާއްޖޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ޚަބަރު | 4 ދުވަސް ކުރިން