logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސް

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖުލައި 2025 - 02:23
މިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ވައިޓް އެލާޓް ވަގުތު މެޓް އޮފީހުން އިތުކޮށްފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިއްޔެ މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓްގެ ވަގުތު ރޭ 20:00 އަށް ވަނީ ހަމަވެފައެވެ. އެއަށްފަހު ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުގެ އަތޮޅުތަކަށް އަލުން ވައިޓް އެލާޓް ނެރެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރަހައްދުތަކަށް ނެރެފައިވާ އެލާޓްގެ މުއްދަތު މިއަދު ހެނދުނު 7:00 އަށް ހަމަވެފައިވާއިރު، އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުތަކަށް ނެރުނު އެލާޓްގެ ވަގުތު މެންދުރު 13:00 އާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ.

މެޓް އޮފީހުން ދެއްވާފައިވާ މައުލޫމާތުގައިވާ ގޮތުން، މި ސަމާލުގެ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ވައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް އަރާނެކަމަށާއި، ކަނޑުތައް ގަދަވާނެކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ގޯސްވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ބެހެއްޓުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެޚަބަރު | 12 ދުވަސް ކުރިން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 13 ދުވަސް ކުރިންއިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ :މެޓް އޮފީސްޚަބަރު | 15 ދުވަސް ކުރިންބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވެ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލުޚަބަރު | 16 ދުވަސް ކުރިން