އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ :މެޓް އޮފީސް
20 އޮކްޓޯބަރު 2025 - 11:32
.webp&w=1920&q=75)
އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނަކާއި ކޮޅިގަނޑުތަކެއްގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށާއި،އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ހުރިހާ ހިސާބަކަށްވެސް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.

Ad by Hajj Corporation
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖެއަށް މިހާރު ވިއްސާރަކުރަމުން މިދަނީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާނަކާއި ދެ ކޮޅިގަނޑެއްގެ ސަބަބުން ކަމަށާއި، އެ ކޮޅިގަނޑު ތޫފަނަކަށް ބަދަލުވެ، އޭގެ ބާރު ގަދަވަމުންދާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މި ތޫފާން ދަނީ ރާއްޖެއާ ދުރަށް ޖެހެމުންކަމަށާއި، އަދި ޢަރަބި ކަނޑާއި އިންޑޮނޭޝިޔާ ކައިރީގައިވެސް ކޮޅިގަނޑެއް އުފެދި، ބާރުގަދަވަމުންދާކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން އަލިވާނެކަމަށް އިދާރާއިން ލަފާކުރަނި އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ، ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.