ވިއްސާރަ އަލިވާން ފަށާނީ ހުކުރުގެ ފަހުން: މެޓް އޮފީސް
19 އޮކްޓޯބަރު 2025 - 15:02
.webp&w=1920&q=75)
މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި, އަލިވާން ފަށާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށް ބެެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ބުނެފިއެވެ.
މެޓު އޮފީހުން ބުނީ ، މި ހަފުތާގައި އަދިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްށެވެ.އެގޮތުން މުޅި ރާއްޖެއަށް އެވަރެޖުކޮށް 10 މޭލާއި 20 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ،އެ އިދާރާއިން ލަފާކުރި ގޮތުގައި، ވިއްސާރަ ކުޑަކޮށް ވެސް ރަނގަޅުވާން ފަށަނީ އަންނަ ހުކުރުގެ ފަހުންނެވެ.

Ad by Hajj Corporation
ކުރިއަށް އޮތް 24ގަޑިއިރަށް ބަލާއިރު، މެދު ރާއްޖެތެރެއާއި ދެކުނު އަތޮޅުތަކަށް ވައި ބާރުވާނެ ކަމަށާއި އެ އަތޮޅުތަކަށް 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.އަދި، އުތުރުގެ އަތޮޅުތަކަށް 23 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ފާހަގަ ކޮށްލަން ޖެހޭގޮތުގައި،މިދިޔަ ހަފުތާގެ ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވިއިރު، ކަނޑު މަތީގެ 2 ހާދިސާއެއް އެ ހަފުތާގައި ވަނީ ހިނގާފައެވެ. އެއީ މާލެއިން ޅ. ނައިފަރަށް ދަތުރުކުރި "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް ހިނގި ހާދިސާގެ އިތުރުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވި ހާދިސާ އެވެ.
އެހެންކަމުން، މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރި ވުމުގެ ގޮތުން،ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.