logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، 40 މޭލަށް ވައިގަދަވާނެ

ޢައްފާން މުޙައްމަދު
18 އޮކްޓޯބަރު 2025 - 07:09
މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، 40 މޭލަށް ވައިގަދަވާނެ

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވަރަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކ.އަތޮޅުން ފެށިގެން އައްޑޫސިޓިއަށް ސަމާލުވެސް ނެރެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ހެނދުނު ނެރުނު ސަމާލު މެސެޖުގައި މެޓް އޮފީހުން ބުނީ، ހެނދުނު 10 އިން ފަށައިގެން ހަވިރު 4 އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، މި ފެށޭ ހަފްތާގަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މޫސުން ގޯސްވެ ވަގަދަވީ ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް24 ގަޑިއިރު، ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއުރުތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ.ދަރަވަންދޫއަށެވެ. އެގޮތުން ދަރަވަންދޫއަށް 9.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވެ، ކަނޑުމަތީގެ ދެ ހާދިސާއެއް ވެސް މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ހިނގާފައިވެއެވެ. އޭގެތެރެއިން އެއް ހާދިސާގައި ތިން މީހަކު ގެއްލުނުއިރު، ދެ މީހެއްގެ ހަށިގަނޑު، ކަނޑު އަޑިން ވަނީ ފެނިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސްޚަބަރު | 8 ދުވަސް ކުރިންތޫފާން "ޑިޓުވާ" ދަތުރުކުރަނީ ރާއްޖެއާ ދުރަށްޚަބަރު | 9 ދުވަސް ކުރިންވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ، ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 12 ދުވަސް ކުރިންކުރިއަށް އޮތް 3 ދުވަހު ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 13 ދުވަސް ކުރިން