logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

އައިމިނަތު މޫސާ
16 އޮކްޓޯބަރު 2025 - 16:46
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މިރޭ 20:00 އިން މެންދަމު 02:00 އަށް މެޓުން ހުދު ސަމާލު ނެރެފައިވާއިރު، މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށް މެޓުން ބުނިގޮތުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސްޚަބަރު | 8 ދުވަސް ކުރިންތޫފާން "ޑިޓުވާ" ދަތުރުކުރަނީ ރާއްޖެއާ ދުރަށްޚަބަރު | 9 ދުވަސް ކުރިންވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ، ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 12 ދުވަސް ކުރިންކުރިއަށް އޮތް 3 ދުވަހު ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 13 ދުވަސް ކުރިން