logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން މިއަދުވެސް ގޯސް، ސަމާލުވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
17 އޮކްޓޯބަރު 2025 - 04:38
މޫސުން މިއަދުވެސް ގޯސް، ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައިއެވެ. އަދި ވިއްސާރަގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ކުރިއަށްއޮތް 3 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިއްޔެ އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

އެ އިދާރާއިން ވަނީ ހޯމަދުވަހާ ހަމައަށް ވިއްސާރަ އެއްކޮށް އަލިވާނެ ކަމަށް ނުބެލެވޭކަމަށް ބުނެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދަށް އަދިވެސް، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއި އެކު، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާ ކުރެވޭތީވެ، ޖުމްލަކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސްޚަބަރު | 8 ދުވަސް ކުރިންތޫފާން "ޑިޓުވާ" ދަތުރުކުރަނީ ރާއްޖެއާ ދުރަށްޚަބަރު | 9 ދުވަސް ކުރިންވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ، ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 12 ދުވަސް ކުރިންކުރިއަށް އޮތް 3 ދުވަހު ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 13 ދުވަސް ކުރިން