logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށްވެސް އޮތީ މޫސުން ގޯސް ދުވަސްތަކެއް، ސަމާލުވޭ!

އާމިނަތު ޝަފާ
16 އޮކްޓޯބަރު 2025 - 11:24
ކުރިއަށްވެސް އޮތީ މޫސުން ގޯސް ދުވަސްތަކެއް، ސަމާލުވޭ!

ކުރިއަށްއޮތް 4 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ވަނީ މާދަމައިން ފެށިގެން އަންނަ ހޯމަދުވަހުގެ ނިޔަލަށްވެސް ވިއްސާރަ އެއްކޮށް އަލިވާނެ ކަމަށް ނުބެލެވޭކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދަށް އަދިވެސް، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއި އެކު، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާ ކުރެވޭތީވެ، ޖުމްލަކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ލަފާ ކުރާ މޫސުން:


• ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް، ގަދަވެގެން ދާނެ.
• އާއްމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ.
• އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ.
• ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފްއިންވެސްވަނީ އިލްތިމާސްކޮށްފައެވެ.

ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ ހުޅަނގު މޫސުމުގެ ހިތަ ނަކަތުން 13 ވަނަ ދުވަހެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން މިއަދުވެސް ގޯސް، ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންމޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިޚަބަރު | 17 ގަޑިއިރު ކުރިންކުރިއަށްވެސް އޮތީ މޫސުން ގޯސް ދުވަސްތަކެއް، ސަމާލުވޭ!ޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ: މެޓް އޮފީސްޚަބަރު | ދުވަހެއް ކުރިން