logo
Bank of Maldives

Bank of Maldives

ޚަބަރު

ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވެ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު

އައިމިނަތު މޫސާ
20 އޮކްޓޯބަރު 2025 - 05:15
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރެފިއެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:45 އިން މެންދުރުފަހު 14:30 އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ ހުދު ސަމާލް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނޭކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އެގޮތުން ވިލާގަނޑުގައި ގަދަވާ ވަގުތުތަކުގައި ކަނޑު ގަދަވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން މޫސުން ލަފާކޮށްފައިވަނީ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ލަފާކޮށްފައި ވާގޮތުން ކަނޑުތައް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން 4 ފޫޓާ 7 ފޫޓާ ދެމެދު ގައި ހުންނާނެކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުަވަސްވަރެއްކަމުން ކަނޑުމައްޗަށް އެރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސްޚަބަރު | 8 ދުވަސް ކުރިންތޫފާން "ޑިޓުވާ" ދަތުރުކުރަނީ ރާއްޖެއާ ދުރަށްޚަބަރު | 9 ދުވަސް ކުރިންވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ، ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 12 ދުވަސް ކުރިންކުރިއަށް އޮތް 3 ދުވަހު ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 13 ދުވަސް ކުރިން