logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އައިޝަތު ނަޝާ
22 އޮކްޓޯބަރު 2025 - 12:56
 ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މާދަާމާ ހެނދުނު 6:00 އާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާްސްކޮށްފިއެވެ.

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާނެ ކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.އަދި ވައިޖެހޭއިރު ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި. އަދި ވިއްސާރަގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި އަށް ފޫޓާއި ދެމެދުގައި ކަމަށް ބުނެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ނުވަތަ މެޓް އޮފީހުގެ ހޮޓްލައިނަށް ގުޅުމަށް އެ އިދާރާއިން އިރުޝާދު ދީފައިވެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެޚަބަރު | ދުވަހެއް ކުރިން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 2 ދުވަސް ކުރިންއިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ :މެޓް އޮފީސްޚަބަރު | 4 ދުވަސް ކުރިންބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވެ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލުޚަބަރު | 4 ދުވަސް ކުރިން