ޖަޒީރާ ލީގު ވިދިވިދިގެން ދެވަނަ ފަހަރަށް ވެސްޓް ސިޓީ ކާމިޔާބުކޮށްފި
3 އޯގަސްޓު 2025 - 08:33
.jpeg&w=3840&q=75)
ފުއްޓަރު ސްޕޯރޓްސް ކުލަބުގެ ފަރާތުން ކޮންމެ އަހަރަކުވެސް އިންތިޒާމް ކުރަމުން އަންނަ ޖަޒީރާ ލީގުގެ ޗެންޕިއަންކަންޖެހިޖެހިގެން ދެވަނަ ފަހަރަށް ވެސްޓް ސިޓީއިން ހޯދައިފިއެވެ.
ފާފު ދަރަނބޫދޫ ގައި ފުޓްސަލް އަދި ފުޓްބޯޅަ ދިރުވާ އާލާކޮށް ޒުވާން ކުޅުންތެރިން އުފައްދާ، އެކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ ރަށުގެ ޒުވާނުންނަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބަޔަކަށް ހެދުމުގެ މަޤުސަދުގައި ހަމައެކަނި ދަރަބޫދޫއަށް ހުޅުވާލައިގެން ފުއްޓަރު ސްޕޯރޓްސް ކުލަބުން ބޭއްވި މިއެޑިޝަންގައި ޖުމްލަ 4 ޓީމެއް މިފަހަރު ބައިވެރިވެފައިވެއެވެ.
މިއީ މިމުބާރާތް ބޭއްވުނު 5 ވަނަ ފަހަރެވެ. އެންމެފަހުން ބޭއްވުނު 2004 ވަނަ އަހަރުގެ އެޑިޝަންވެސް އެއްވެސް މެޗަކުން ބަލިނުވެ ވެސްޓް ސިޓީ ކާމިޔާބުކޮށްފައިވާއިރު، މިފަހަރުގެ މިމުބާރާތްވެސް ވެސްޓް ސިޓީއިން ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އެހެންކަމުން ވެސްޓް ސިޓީ މިފަހަރުގެ ތަށި ދިފާއުކޮށްފައިމިވަނީ މިމުބާރާތުގައި ޖެހިޖެހިގެން 11 މެޗުން ބަލިނުވެ، ރެކޯޑަކާއެކުގައެވެ.
މިމުބާރާތުގެ ޗެންޕިއަންކަން ވެސްޓް ސިޓީއިން ހޯދީ ފައިނަލުގައި ގަޓް ސިޓީ 2-1 އިން ބަލިކޮށްގެންނެވެ.
މިފަހަރުގެ މިމުބާރާތުގެ ޖަޒީރާ ކިންގް އަކަށް ހޮވިފައިވަނީ ހުސައިން ހިޝާމް އަބްދުﷲ އެވެ.
ޖަޒީރާ ކިންގް ހޮވިފައިވަނީ ހުސައިން ހިޝާމް އަބްދު | ފޮޓޯ- ދަނިއުސް
މިމުބާރާތުގެ ހިސްޓްރީއަށް ބަލާއިރު، 2023 ވަނަ އަހަރު ތަށި ބީސީ ސްޕޯރޓްސް އިން ކާމިޔާބުކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ އެޑިޝަން ކާމިޔާބުކޮށްފައިވަނީ އެޑް ޖަމިއްޔާއިންނެވެ. އަދި މިމުބާރާތުގެ ފުރަތަމަ އެޑިޝަން (2001) ކާމިޔާބުކޮށްފައިވަނީ ގަޓް ސިޓީއިންނެވެ.
ދަރނބޫދޫއަކީ ފާފު އަތޮޅުގައި ފުޓްބޯޅަ އަދި ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެކެވެ. އެގޮތުން މިދިޔަ އަހަރުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފާފުގެ ޗެންޕިއަންކަން ހޯދުމުގެ އިތުރުން ރާއްޖޭގެ ގަދަ 16 ގައި އެރަށު ފުއްޓަރު ސްޕޯރޓްސް ކުލަބު ހިމެނިފައިވެއެވެ