logo
E-Platinum
ކުޅިވަރު

ފުއްޓަރު ޖަޒީރާ ލީގުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ވެސްޓް ސިޓީއަށް

އަބްދުﷲ ޣާނިމް
1 އޭޕްރީލު 2025 - 04:39
ޗެންޕިއަން ވެސްޓް ސިޓީ. ފޮޓޯ: އަބްދުﷲ އަބީދު
ޗެންޕިއަން ވެސްޓް ސިޓީ. ފޮޓޯ: އަބްދުﷲ އަބީދު

ފުއްޓަރު ސްޕޯރޓްސް ކުލަބުގެ ފަރާތުން ކޮންމެ އަހަރަކުވެސް އިންތިޒާމް ކުރަމުން އަންނަ ޖަޒީރާ ލީގުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ވެސްޓް ސިޓީއިން ހޯދައިފިއެވެ.
ފާފު ދަރަނބޫދޫ ގައި ފުޓްސަލް އަދި ފުޓްބޯޅަ ދިރުވާ އާލާކޮށް ޒުވާން ކުޅުންތެރިން އުފައްދާ، އެކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ ރަށުގެ ޒުވާނުންނަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބަޔަކަށް ހެދުމުގެ މަޤުސަދުގައި ހަމައެކަނި ދަރަބޫދޫއަށް ހުޅުވާލައިގެން ފުއްޓަރު ސްޕޯރޓްސް ކުލަބުން ބޭއްވި މިއެޑިޝަންގައި ޖުމްލަ 5 ޓީމެއް މިފަހަރު ބައިވެރިވެފައިވެއެވެ.

މިއީ މިމުބާރާތް ބޭއްވުނު 4 ވަނަ އަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރުގައި މިމުބާރާތުގެ ޗެންޕިއަންކަން ގަޓް ސިޓީއިން ހޯދާފައިވާއިރު، 2022 ވަނަ އަހަރު ތަށި ނަގާފައިވަނީ އެޑް ޖަމިއްޔާއިންނެވެ. އަދި އެންމެ ފަހުގެ އެޑިޝަން ބީސީ ސްޕޯރޓްސް އިން ހޯދާފައިވާއިރު މިއަހަރުގެ އެޑިޝަން ކާމިޔާބުކުރީ ވެސްޓް ސިޓީއިންނެވެ.
މިއަހަރުގެ ޖަޒީރާ ލީގުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ ބީސީ ގެ ސާޖިދު އަހުމަދު އިބްރާހިމް އާއި މުޙައްމަދު ދާއިން ގެ އިތުރުން ވެސްޓް ސިޓީގެ ސާއިން އަލީ އަދި ހުޒައިލް އަބްދުލް ލަޠީފްއެވެ. އަދި ވެސްޓް ސިޓީގެ މުޙައްމަދު ނަސީރުވެސް މޮޅު 5 ކުޅުންތެރޭގައި ހިމެނިފައިވެއެވެ.

f0a862bc-c4ec-4421-9e70-0b8595302cd5.jpeg

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން. ފޮތޯ؛ އަބްދުﷲ އަބީދު

 

މުބާރާތުގެ އެންމެ މޮޅުކުޅުންތެރިއަކީ ވެސްޓުގެ ސާއިން އަލީއެވެ.

acddb022-64f5-4178-9782-49846cd648e2.jpeg

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ސާއިން އަލީ. ފޮޓޯ: އަބްދުﷲ އަބީދު

ދަރނބޫދޫއަކީ ފާފު އަތޮޅުގައި ފުޓްބޯޅަ އަދި ފުޓްސަލްގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން މިދިޔަ އަހަރުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފާފުގެ ޗެންޕިއަންކަން ހޯދުމުގެ އިތުރުން ރާއްޖޭގެ ގަދަ 16 ގައި އެރަށު ފުއްޓަރު ސްޕޯރޓްސް ކުލަބު ހިމެނިފައިވެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 8 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 11 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 14 ދުވަސް ކުރިންއޭއެފްސީ ފުޓްސަލް ކޮލިފައިންގައި ރާއްޖެ އަފްޣާނިސްތާނާއި އެއް ގްރޫޕަކަށްކުޅިވަރު | މަހެއް ކުރިން