logo
Bank of Maldives

Bank of Maldives

ކުޅިވަރު

މާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް، މިއަދުވެސް ފޯރިގަދަ މެޗުތަކެއް

އަބްދުﷲ ޣާނިމް
18 ޖުލައި 2025 - 05:14
މެޗްޑޭ 2
މެޗްޑޭ 2

މާޅެންދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެރޫޙު އާލާކުރުމުގެ މަޤުސަދުގައި ރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން މާޅެންދޫ ކައުންސިލުން އިންތިޒާމުކުރާ 'މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖު' އަދި 'މާޅެންދޫ ހޭންޑްބޯލް ޗެލެންޖު' ގެ މެޗްޑޭ 2 ގައި އިއްޔެވެސް ފޯރިގަދަ މެޗުތަކެއް ކުޅެފިއެވެ.

ފުޓްސަލް ޗެލެންޖުގައި ކަބަޓާން އެންޖީ އާއި އޮރިޖިނަލް ސްޕޯރޓްސް ވާދަކުރި ފޯރިގަދަ މެޗުނިމުނީ 1-0 އިން ކަބަޓާން އެންޖީ މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ކަބަޓާން ގެ ގޯލުކީޕަރު ފަތީނު ޔޫސުފްެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

518338951_611501525336049_8146276976829002848_n.jpg

އޮރިޖިނަލްސް އެސްސީ އާއި ކަބަޓާން އެންޖީ ވާދަކުރި މެޗުގެ ތެރެއިން

އަންހެން ހޭންޑްބޯލް ޗެލެންޖުގައިވެސް އިއްޔެވަނީ ދެމެޗު ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ކަމަނަ އާއި އުއްމީދު ވާދަކުރިމެޗު 2 ލަނޑު 15 ލަނޑުން ކާމިޔާބުކުރީ ޓީމް ކަމަނައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށްހޮވުނީ ކަމަނައިގެ ޖޯޒީނަންބަރު 15 އިމާނާ ޢަލީއެވެ.

517785374_611291675357034_6872064084031298261_n.jpg

ހޭންޑްބޯލް ފުރަތަމަ މެޗުގައި އުއްމީދު އާއި ކަމަނަ ވާދަކުރި މެޗުގެ ތެރެއިން

މީގެއިތުރުން ހޭންޑްބޯޅައިގެ ދެވަނަ މެޗުގައި ޗެލެންޖާރސް އާއި ސްޓަރ ސްޓްރައިކާސް ވާދަކުރިމެޗު 6 ލަނޑު 13 ލަނޑުން ކާމިޔާބުކުރީ ޗެލެންޖާރސްއެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖެލެންޖަރސްގެ މަރިޔަމް ލަޙްފާއެވެ.

518409193_611503935335808_7983225595257456000_n.jpg

ސްޓާ ސްޓްރައިކާސް އާއި ޗެލެންޖާރސް ވާދަކުރިމެޗުގެ ތެރެއިން

މެޗްޑޭ 3 ގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ފުޓްސަލްގައި ވިކްޓްރީ ވައިޕާސް އާއި އޮރިޖިނަލްސް ވާދަކުރާއިރު، ދެވަނަ މެޗުގައި ހޭންޑްބޯލްގައި ވާދަކުރާނީ ކަމަނަ އާއި ސްޓާ ސްޓްރައިކާސް އެވެ. އަދި ރޭގަނޑު ފުރަތަމަ މެޗުގައި ހޭންޑްބޯލްގައި އުއްމީދު އާއި ޗެލެންޖާރސް އާއި ވާދަކުރާއިރު، ދެވަނަ މެޗުގައި ފުޓްސަލްގައި ކަބަޓާން އެންޖީ އާއި ކަބަޓާން އެފްޓީ ވާދަކުރާނެެއެވެ.

މިމުބާރާތުގެ ހުރިހާ މެޗެއްވެސް މާޅެންދޫ ކައުންސިލުގެ ޔޫޓިއުބް ޕޭޖުން ލައިވްކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިކުޅިވަރު | 5 ގަޑިއިރު ކުރިންމިދިޔަ އަހަރުގެ އެންމެ މޮޅު ހޭނޑްބޯލް ކުޅުންތެރިޔާ ޔަޝްމު ޤައުމީ ސްކޮޑުން ބާކީކުރުމާއެކު ގިނަބައެއްގެ ފާޑުކިޔުންކުޅިވަރު | 4 ދުވަސް ކުރިންހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފިރިހެން ޓީމަށް ވަޒީރު ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިކުޅިވަރު | 7 ދުވަސް ކުރިންމެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ބާއްވަނީކުޅިވަރު | 14 ދުވަސް ކުރިން