logo
MPL

MPL

ޚަބަރު

ނައިބު ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފި

މުޙައްމަދު އަފްރާޙް
23 ޖެނުއަރީ 2026 - 15:35
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޤައުމީ ފިރިހެން ޓީމު މާދަމާ ކުޅޭމެޗަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޓީމަށް ހިތްވަރުދެއްވައިފިއެވެ.

އެމަނިކުފާނު ޤައުމީ ޓީމަށް ހިތްވަރުދެއްވީ ޕީ.އެސް.އެމް ނިވްސް އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤައުމީ ޓީމުގައި ތިބީ ހުނަރުވެރި ކުޅުންތެރިންކަމަށާއި މިހާރުވެސް ޓީމުން ހޯދަމުންދާ ނަތީޖާތަކަކީ އުއްމީދުކުރެއްވި ނަތީޖާތަކެއްކަން ފާހަގަކުރައްވައި ޓީމާއި މެދު އެމަނިކުފާނު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. މި މުބާރާތަށް ކުޅުންތެރިން ތަމްރީނުކޮށްދެއްވުމަށް ޓީމުގެ ކޯޗު ކޮށްދެއްވި މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ދިވެހިންނަކީ ކުޅިވަރުގައި އަބަދުވެސް އެއްބައިވަންތަކަން ދައްކަމުންދާ ބައެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މާދަމާ ރާއްޖޭގެ ޓީމް ކުޅޭ މެޗްގައި ޓީމާއި އެކު ރައްޔިތުން ތިބިކަމުގެ ޝުޢޫރާއި ފޯރި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދައްކަމުންދާކަމަށާއި މެޗުގެ ކާމިޔާބީއަށް ދިވެހިން ކެތްމަދުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ސާބަސްދެއްވަމުން އެމަނިކުފާނު ވަނީ ކުރިއަށް އޮތްތަނުގައި ޓީމަށް އިތުރު ފުރުޞަތުތަކެއް ލިބި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ތައިލޭންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ. މާދަމާ ބޫޓާނާ ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމަށް ބޭނުންވާ އީޖާދީ ވިސްނުންތައް ހޯދައިދިނުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | މަހެއް ކުރިންފަލަސްތީނުގެ މިނިވަންކަމަށް ގޮވާލެއްވުމާއެކު ރާއްޖޭގެ އަޑު އުފުއްލެވުމަށްފަހު ނައިބު ރައީސް ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | މަހެއް ކުރިންމުހިންމު ދާއިރާތަކުން، ރާއްޖެއާ ބަންގްލަދޭޝްއާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފިޚަބަރު | މަހެއް ކުރިންމޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ އެކު މަޝްވަރާ ކޮށްފިޚަބަރު | މަހެއް ކުރިން