logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްދީނުގެ މިނިވަންކަމަށް ގޮވާލެއްވުމާއެކު ރާއްޖޭގެ އަޑު އުފުއްލެވުމަށްފަހު ނައިބު ރައީސް އެމެރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ސެޕްޓެމްބަރު 2026 - 14:22
ފަލަސްދީނުގެ މިނިވަންކަމަށް ގޮވާލެއްވުމާއެކު  ރާއްޖޭގެ އަޑު އުފުއްލެވުމަށްފަހު ނައިބު ރައީސް  ދަތުރުފުޅު ނިންމަވާލައްވައިފި

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ.

މި ސަމިޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންސާފުވެރި ވެރިކަމުގެ ނިޒާމަކަށާއި، މޫސުމީ ވިލުންތެރިކަމަށާއި، އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މައިދާނުގައި ހާމަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްޠީނުގެ ޙައްޤުތަކާއި އދ. ގެ އިޞްލާޙީ ބަދަލުތައް

ޢާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ކުދި ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން އދ. ގެ ނިޒާމަށް ފުރިހަމަ އިޞްލާޙީ ބަދަލުތަކެއް ގެނައުމަށްވެސް ގޮވާލެއްވިއެވެ.

މޫސުމީ ބަދަލުތަކާއި ވިލުންތެރިކަން

ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ޕްލެނަރީ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ، "ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން" ކަމުގައެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ އަވަހަށް ލިބިދިނުމަށް އިލްތިމާސް ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ޤާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަޙައްދީ އިންތައް އުނިވާންޖެހޭނެ ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެދިފައިވާ ދައުލަތެއް ނެތިގެންދާންޖެހޭ ސަބަބެއް ނޫން ކަމުގައި ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ބައްދަލުވުންތައް

މި ދަތުރުފުޅުގެ ތެރެއިން ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް އެމަނިކުފާނު ތަޤުރީރު ކުރެއްވިއެވެ.

މި ބައްދަލުވުންތަކުގެ ޒަރީޢާއިން، ޚާރިޖީ ގޮތުންނާއި، އަދި ތަރައްޤީގައި ދިވެހިރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކާމިޔާބުކަމާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ހާމަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްދީނުގެ މިނިވަންކަމަށް ގޮވާލެއްވުމާއެކު ރާއްޖޭގެ އަޑު އުފުއްލެވުމަށްފަހު ނައިބު ރައީސް ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | ގަޑިއިރެއް ކުރިންމުހިންމު ދާއިރާތަކުން، ރާއްޖެއާ ބަންގްލަދޭޝްއާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފިޚަބަރު | 4 ދުވަސް ކުރިންމޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ އެކު މަޝްވަރާ ކޮށްފިޚަބަރު | 5 ދުވަސް ކުރިންއދ.ގެ މަތީފަންތީގެ ބައްދަލުވުމަކަށް ނައިބް ރައީސް ނިއުޔޯކަށްޚަބަރު | 8 ދުވަސް ކުރިން