logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

މުހިންމު ދާއިރާތަކުން، ރާއްޖެއާ ބަންގްލަދޭޝްއާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފި

އަޙުމަދު ރިޝާން
23 ސެޕްޓެމްބަރު 2026 - 06:32
މުހިންމު ދާއިރާތަކުން، ރާއްޖެއާ ބަންގްލަދޭޝްއާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފި

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން، ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުވުމުގައި، އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙްމާން ހަވާލުވެވަޑައިގަތުމާ ގުޅިގެން ނައިބު ރައީސް ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް އެމަނިކުފާނު ހެޔޮއެދުންތައް ފޮނުއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation


ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް ވިދާޅުވި ހޫނު މަރުޙަބާއާއި ހެޔޮއެދުންތަކަށް ޝުކުރު އަދާކުރައްވައި، އދ. އާއި ބައިނަލްއަޤްވާމީ މައިދާންތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.


މި ދަތުރުފުޅުގެ ތެރެއިން، ނައިބު ރައީސް ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާވެސް ބައްދަލުކުރައްވައި، ނިއުޔޯކުގައި ހުންނަ އދ.ގެ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއަށް ޒިޔާރަތްރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމަށް ބޭނުންވާ އީޖާދީ ވިސްނުންތައް ހޯދައިދިނުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | މަހެއް ކުރިންފަލަސްތީނުގެ މިނިވަންކަމަށް ގޮވާލެއްވުމާއެކު ރާއްޖޭގެ އަޑު އުފުއްލެވުމަށްފަހު ނައިބު ރައީސް ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 2 މަސް ކުރިންމުހިންމު ދާއިރާތަކުން، ރާއްޖެއާ ބަންގްލަދޭޝްއާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިންމޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ އެކު މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިން