logo
MPL

MPL

ޚަބަރު

ގައުމަށް ބޭނުންވާ އީޖާދީ ވިސްނުންތައް ހޯދައިދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

އަޙުމަދު ރިޝާން
4 އޮކްޓޯބަރު 2026 - 05:11
ގައުމަށް ބޭނުންވާ އީޖާދީ ވިސްނުންތައް ހޯދައިދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފި އެވެ.

 އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ރޭ ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026 ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިބު ރައީސްގެ ވާހަކަފުޅުގައި، މާދަމާ މަސައްކަތު މާހައުލަށް ނިކުމެ ޒިންމާދާރުކަމާއެކު ސްޕީޑު އަވަސް އީޖާދީ ވިސްނުންތައް ތަޢާރަފުކުރުމަށް ދަސްވެނީންނަށް ހިތްވަރުދެއްވިއެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނާއި މުއައްސަސާތަކާ ދެމެދު އޮންނަ އިތުބާރު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެސް ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ އުންމީދު ހަޤީޤަތަކަށް ހެދުމަށްޓަކައި، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމުގެ ދުރުރާސްތާ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާ، އިޢުލާން ކުރައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ތަޞައްވުރު ހާސިލުކުރުމަށް އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެހީތެރިކަން ބޭނުންވާ ކަމަށާއި އަދި ހާއްސަގޮތެއްގައި ޒުވާނުން އިސްނަގައިގެން، ދަސްވެނީންގެ އީޖާދީ ވިސްނުންތައް އިސްކޮށްގެން މި މަސައްކަތުގައި އަމިއްލައަށް ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 2 އަހަރު ސަރުކާރުގެ ވަޢުދުތައް ފުރިހަމަކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވައިފިޚަބަރު | 6 ދުވަސް ކުރިންގައުމަށް ބޭނުންވާ އީޖާދީ ވިސްނުންތައް ހޯދައިދިނުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | 2 މަސް ކުރިންފަލަސްތީނުގެ މިނިވަންކަމަށް ގޮވާލެއްވުމާއެކު ރާއްޖޭގެ އަޑު އުފުއްލެވުމަށްފަހު ނައިބު ރައީސް ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 2 މަސް ކުރިންމުހިންމު ދާއިރާތަކުން، ރާއްޖެއާ ބަންގްލަދޭޝްއާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިން