logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ އެކު މަޝްވަރާ ކޮށްފި

އަޙުމަދު ރިޝާން
22 ސެޕްޓެމްބަރު 2026 - 06:28
މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ އެކު މަޝްވަރާ ކޮށްފި

މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އެކުވެރި ދައުލަތްތަކުގެ (އދ.) އާއި ދިވެހިރާއްޖެއާ ދެމެދު މުހިއްމު މަޝްވަރާތަކެއް ބާއްވައިފި އެވެ.

 މި މަޝްވަރާތައް ބާއްވާފައިވަނީ އެމެރިކާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޝާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކާއި އެކަމާ ކުރިމަތިލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ބައިނަލްއަގުވާމީ ގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއެކު މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްވާފައިވެއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވަމުންދާ ގޮންޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިންވެސް ވަނީ އަލިއަޅުވާލައްވާފައެވެ. އަދި ސިޑްސް ޤައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރާއްޖެއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

މި ބައްދަލުވުމުގައި މޫސުމީ މައްސަލަތަކުގެ އިތުރުން، ބައިނަލްއަޤްވާމީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށްވެސް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ އެކު މަޝްވަރާ ކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއދ.ގެ މަތީފަންތީގެ ބައްދަލުވުމަކަށް ނައިބް ރައީސް ނިއުޔޯކަށްޚަބަރު | 2 ދުވަސް ކުރިންކީރިތި ޤުރްއާނާ ގާތް ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް: ނައިބު ރައީސްޚަބަރު | 11 ދުވަސް ކުރިންމިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފިޚަބަރު | 2 މަސް ކުރިން