logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަނިޔާގައި ހުރި ޤައުމީ ފުޓްސަލް ތަރި ހާއްޕެގެ ބޭސްފަރުވާގެ ޚަރަދުތައް ސަރުކާރާއި އެފްއޭއިން ހަމަޖައްސައިދީފި

ޢައްފާން މުޙައްމަދު
5 އޮކްޓޯބަރު 2025 - 06:40
އަނިޔާގައި ހުރި ޤައުމީ ފުޓްސަލް ތަރި ހާއްޕެގެ ބޭސްފަރުވާގެ ޚަރަދުތައް ސަރުކާރާއި އެފްއޭއިން ހަމަޖައްސައިދީފި

ގައުމީ ފުޓްސަލް ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި މިޔަންމާއާ ދެކޮޅަށް މިދިޔަ މަހުގެ ތެރޭގައި ކުޅުނު މެޗުގައި ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) ލިބުނު އަނިޔާއަކާ ގުޅިގެން ކުރަންޖެހޭ ސާޖަރީއެއް ކުރުމަށް ބޭނުންވާ އެންމެހައި ޚަރަދުތައް، ދިވެހި ސަރުކާރުންނާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިދީފިއެވެ.

އެ މެޗުގައި އަނިޔާވެފައި ވަނީ ހާއްޕެގެ ފައިގެ ކުޑަ ހުޅަށެވެ.  ލިބުނު އަނިޔާއާ އެކު ހާއްޕެ ދަނޑުން ބޭލީ އަށިގަނޑުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއާއެކު ހާއްޕެގެ ބޭސްފަރުވާއަށް ބޭނުންވާ 10،000 ޑޮލަރު ނުލިބި އޮޕަރޭޝަނަށް ނުފުރިފައިވާ ކަމަށާއި، ގައުމަށް ރީތި ނަން ހޯދައިދޭ މިފަދަ ފަރާތްތަކާމެދު އަޅާލުން ކުޑަކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް މިކަމާ ގުޅިގެން އެފްއޭއެމްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިޤް (ޓޮމް) ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހާއްޕެގެ އޮޕަރޭޝަން އިންޑިޔާއިން ކުރަން އެއްބަސްވީ ބުރާސް‏ފަތި ދުވަހު މަޝްވަރާއަށްފަހުގައި ކަމަށާއި އޮޕަރޭޝަނަށްދާނެ ޚަރަދާއި ކުޅުންތެރިޔާއާއި 2 އެހީތެރިންގެ ޓިކެޓާއި، ތިބުމާއި ކެއުމުގެ ޚަރަދުކުރާނީ އެފްއޭއެމުންނާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކު ކަމަށެވެ.

އަދި މި މައުލޫމާތު އާންމުކުރެއްވީ، ކަމުގެ ހަގީގަތް އޮޅި، ދޮގު މައުލޫމާތު ފެތުރުމުގެ ފުރުސަތު ނުދިނުމަށްކަމަށް ޓޮމް ވިދާޅުވިއެވެ.


ނިޔާގެ ސަބަބުން ހާއްޕެއަށް މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕު ވެސް ވަނީ ގެއްލިފައެވެ. އަދި، އަންނަ އަހަރު ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޅުމުގެ ފުރުސަތު ވެސް ކުޑައެވެ.

ހާއްޕެ އެންމެ ފަހުން ބޮޑު އޮޕަރޭޝަނެއް ކުރީ 2024 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ. އެ ފަހަރު ކުޅުމާ ދުރުގައި ހަ މަހު ހުންނަން ޖެހުނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމް ހިޔާނާތް: އަގީލް ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރަނީޚަބަރު | 18 ދުވަސް ކުރިންއެދެނީ ވީހާވެސް ގިނަ ބަޔަކު މިރޭ ދަނޑަށް ވަދެ ދެ ޓީމަށް ވެސް ހިތްވަރުދޭން: އެފްއޭގެ ރައީސްކުޅިވަރު | 21 ދުވަސް ކުރިންހުއްދަނެތި ފުޓްސަލް މުބާރާތެއް ކުޅެގެން ޤައުމީ ސްކޮޑުން އައިހަމް ވަކިކޮށްފިކުޅިވަރު | 23 ދުވަސް ކުރިންރާއްޖޭގެ އަތޮޅު މުބާރާތަށް ފީފާގެ މާލީ ބޮޑު އެހީއެއްޚަބަރު | މަހެއް ކުރިން