logo
MPL

MPL

ކުޅިވަރު

ފުޓްބޯޅަ ލާމަރުކަޒީކުރަން އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ހަތަރު ރަށެއްގައި ގާއިމުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ސެޕްޓެމްބަރު 2026 - 11:32
ފުޓްބޯޅަ ލާމަރުކަޒީކުރަން އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ހަތަރު ރަށެއްގައި ގާއިމުކުރަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އުފައްދަން ނިންމާފައިވާ ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމްކުރާނެ ރަށްތައް ރަސްމީކޮށް ކަނޑައަޅައިފިއެވެ.

ފުޓުބޯޅައިގެ ތަރައްޤީއަށްޓަކައި އެފްއޭއެމް އިން ވަނީ ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލާފައެވެ. އެއީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން އަދި ސައުތު ރީޖަންއެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ މި ބަދަލާ އެއްގޮތަށް ހަތަރު ރީޖަނަލް އެސޯސިއޭޝަނެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަލް ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން އަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމްކުރުމަށް ނިންމާފައިވާ ރަށްތަކަށް ބަލާއިރު، ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ޤާއިމްކުރަން ނިންމާފައި ވަނީ ހއ. ދިއްދޫގައެވެ. އަދި ސެންޓްރަލް ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް އދ. މަހިބަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މާލޭ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ހުންނާނީ މާލޭގައެވެ. މީގެއިތުރުން ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ލ. ގަމުގައެވެ.

މި ހަތަރު ސަރަހައްދުގެ އޮފީސްތަކުގެ އިތުރުން، އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް ބ. އޭދަފުށީގައި ޤާއިމްކުރުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅަ ލާމަރުކަޒީކުރަން އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ހަތަރު ރަށެއްގައި ގާއިމުކުރަނީކުޅިވަރު | 2 ގަޑިއިރު ކުރިންސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން މަޝްހޫރު ހުރާ އަށްކުޅިވަރު | 4 މަސް ކުރިންއަހަރުތަކަކަށްފަހު އެފްއޭ ކަޕް މިއަދު ފަށަނީކުޅިވަރު | 5 މަސް ކުރިން20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެކުޅިވަރު | 5 މަސް ކުރިން