އެފްއޭއެމް އެވޯޑްސް: ރެކޯޑްތަކަކާއެކު އަށް އަހަރު ފަހުން އެވޯޑް ހަފުލާ ބާއްވައިފި
9 އޮކްޓޯބަރު 2026 - 06:07
.jpg&w=1920&q=75)
އަށް އަހަރުގެ ދިގު މުއްދަތަކަށް ފަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަރަށް ކުލަގަދަކޮށް ބޭއްވި "އެފްއޭއެމް އެވޯޑްސް" ގައި މި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަހްމަދު އައިހަމް (ފަތޯ) ހޯދައިފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ދިވެހި ފުޓްބޯޅައިގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދ ފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެންމެ މުހިންމު ބައެއް އެވޯޑުތައް:
އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ (ގޯލްޑް ޓްރޮފީ): އަހްމަދު އައިހަމް (ފަތޯ - މާޒިޔާ)
ސިލްވާ އެވޯޑް (ދެވަނަ): އަލީ ފާސިރު (ސެންޓޭ - ނިއު ރޭޑިއަންޓް)
ބްރޯންޒް އެވޯޑް (ތިންވަނަ): ހަމްޒާ މުހައްމަދު (ހަމްޕް - ވިކޓަރީ)
އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ފާތިމަތު ސާލިޔާ (ކެޕްޓަން، އޮޑި ސްޕޯޓްސް ކްލަބް)
އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ: މުހައްމަދު އިމްރާން (އިންމި - ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން)
އަހަރުގެ އެންމެ މޮޅު ކޯޗު: ލުއިސްމާ ހެނާންޑޭޒް (މާޒިޔާ)
ރަން ބޫޓު (އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ): އަލީ ފާސިރު (ސެންޓޭ - 22 ގޯލް)
އެންމެ މޮޅު ގޯލްކީޕަރު: މުހައްމަދު ފައިސަލް
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ގޯމޭޒް ޑެ ސިލްވާ (ނިއު ރޭޑިއަންޓް)
އެންމެ މޮޅު ކްލަބް: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މި ފަހަރުގެ އެވޯޑް ހަފުލާގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑާއި، އެންމެ މޮޅު ރީޖަނަލް ކްލަބްގެ އެވޯޑް ވަނީ ތައާރަފުކޮށްފައެވެ.
މީގެ އިތުރުން، މި އަހަރުގެ ޕްރެޒިޑެންޓްސް އެވޯޑް ހާއްސަކޮށްފައިވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކޮށް، މިހާރު ދުނިޔެ ދޫކޮށްފައިވާ ތިން ޝަހުއްސިއްޔަތަކަށެވެ.
- މަރްހޫމް މުހައްމަދު އާރިފް (ބަކާ)
- ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)
- ގޯލްކީޕަރު މަރްހޫމް އިބްރާހިމް އިފްރާހު އަރީފް
ރަސްމިއްޔާތުގައި ވަނީ މި އަހަރު ދެކުނު އޭޝިއާ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމާއި، މިދިޔަ އަހަރު ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އަގުވަޒަންކޮށްފައެވެ.
އެންމެ އުންމީދީ ކުޅުންތެރިޔާ (21 އަހަރުން ދަށުގެ): މުހައްމަދު އިލާން އިމްރާން (މާޒިޔާ)
ފޭންސް އެވޯޑް: ހަމްޒާ މުހައްމަދު (ހަމްޕް)
އަހަރުގެ އެންމެ މޮޅު ގޯލް: ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) - ބައިސްކަލް ކިކަކުން ޖެހި ވޮލީ ލަނޑު
އެންމެ މޮޅު ރެފްރީ: ސިނާން ހުސައިން
އެންމެ މޮޅު ރީޖަނަލް ކްލަބްތައް:
ބިސްބުރު ސްޕޯޓްސް ކްލަބް (މާލެ)
ހއ. ދިއްދޫ ސްޕޯޓްސް ކްލަބް (އުތުރު ރީޖަން)
ގދ. ގައްދޫ ސްޕޯޓްސް ކްލަބް (ދެކުނު ރީޖަން)

-01.jpg&w=3840&q=75)
