logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކޮލިފައިންގެ ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ނާކާމިޔާބީ

ޢައްފާން މުޙައްމަދު
22 ސެޕްޓެމްބަރު 2025 - 16:00
ރާއްޖެއާއި މިޔަންމާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އެމްއެފްއެފް
ރާއްޖެއާއި މިޔަންމާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އެމްއެފްއެފް

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ފުރުސަތު ގެއްލިއްޖެއެވެ.

މި މެޗަށް ނުކުތްއިރުވެސް، ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން އަފްޤާނިސްތާން އަތުން ބަލިވެފައި އޮތުމާއެކު ރާއްޖެއަށް އޮތީ ގާތްގަނޑަކަށް ފުރުސަތު ގެއްލިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮލިފައިންގެ އަށް ގުރޫޕުގެ އެއްވަނަ ހޯދާ ޓީމުތަކާއި ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތް ޓީމެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުން 1-10 އިން ރާއްޖެ ބަލިވެފައި އޮތުމާއެކު މުބާރާތަށް ކޮލިފައިވުމަށް ރާއްޖެއަށް އޮތް ހަމައެކަނި ފުރުސަތަކީ މިޔަންމާއާ ދެކޮޅަށް ކުޅެ، ބޮޑު ފަރަގަކުން މޮޅެއް ހޯދުމެވެ. ހަމައެކަނި މޮޅަކުން ވެސް ރާއްޖެއަށް ފުއްދަވާލެވޭކަށް ނެތެވެ.

ދެވަނަ މެޗުގައި މިޔަންމާއާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 3-7 އިންނެވެ.

ދުނިޔޭގެ ރޭންކިން 56 ވަނައިގައި އޮތް މިޔަންމާއާ ދެކޮޅަށް އެ ގައުމުގައި ކުޅެ ރާއްޖެ ހަތަރު ލަނޑުގެ ތަފާތަކުން ބަލިވިއިރު، މެޗުގެ ކުރީކޮޅު މިޔަންމާއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. އެހެންނަމަވެސް ރާއްޖޭން ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭގެ މާ ގިނައިރުތަކެއް ނުވެ ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. މިއީ ޕިޗުގެ މެދެއްހައި ހިސާބުން ކުރިއަށް އަރައި އަލީ ހާފިޒް (ހާއްޕެ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝިޔަޅޭ ޖެހި ލަނޑެކެވެ.

549622658_1320123523244494_8215475125924540611_n.jpg

ރާއްޖެއާއި މިޔަންމާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އެމްއެފްއެފް

ރާއްޖޭން ނަތީޖާ ހަމަހަމަކުރުމާއެކު މިޔަންމާ އިން ކުޅުން ރަނގަޅުކޮށް، މެޗުގެ ކޮންޓްރޯލް ނަގައި، އިތުރު ފަސް ގޯލު ޖެހި އެވެ.

ލިބުނު ބޮޑު ލީޑާއެކު މިޔަންމާގެ ކީޕަރު ވެސް ފަހުން ކުޅުނީ ގިނައިން ކުރިއަށް ޖެހިގެންނެވެ. އެގޮތަށް މިޔަންމާގެ ކީޕަރު ކުރިއަށް އަރައިގެން އުޅުނު ވަގުތެއްގައި ލިބުނު ފުރުސަތެއްގައި ރާއްޖޭގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.

552111860_1320123913244455_6668711238947184796_n.jpg

ރާއްޖެއާއި މިޔަންމާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އެމްއެފްއެފް

 

ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެދެވޭ ނަތީޖާއެއް ނުނެރެވޭއިރު، ރާއްޖޭގެ ޓީމަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން އެކަށީގެންވާ އިންޑޯ ޕިޗެއް ނެތްކަން ފާހަގަކޮށްލެވެއެވެ. އެކަމުގެ ކަންބޮޑުވުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަލީ ނިޔާޒް (ނިޔާ) ވެސް ވަނީ ފާޅުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލިފައިންގެ ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ނާކާމިޔާބީކުޅިވަރު | 2 ދުވަސް ކުރިން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްަސަލް ޓީމު ފުރައިފިކުޅިވަރު | 7 ދުވަސް ކުރިންއޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިކުޅިވަރު | 8 ދުވަސް ކުރިންމަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 2 މަސް ކުރިން