މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ ލާމަސީލު މިސާލެއް
24 ޖުލައި 2025 - 03:00

ފ، މަގޫދޫ ކައުންސިލުގެ ބެލުމުގެ ދަށުން މަގޫދޫގައި ހިންގާ ނިއުރޭޑިއަންޓް ސްޕޯރޓްސް އެކަޑެމީ އާއި ފ. ދަރަބޫދޫ ޚައިރު އެކަޑެމީއާއި ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗުތަކެއް ކުޅެފިއެވެ.
މަގޫދޫ ފުޓްސަލް ދަނޑުގައި އެކި އުމުރުފުރާތަކުން ޖުމްލަ 7 މެޗެއް ކުޅެފައެވެ. އޭގެތެރެެއިން އަންޑަރ 10 ގެ އޭޓީމު 1-1 އިން އެއްވަރުވެފައިވާއިރު، ބީ ޓީމުގެ މެޗު 3-0 އިން ކާމިޔާބުކުރީ ނިއުގެ އެކަޑެމީއެވެ. މީގެ އިތުރުން އަންޑަރ 12 ގެ އޭ ޓީމު 4-2 އިން ނިއު އެކަޑެމީ މޮޅުވެފައިވާއިރު، ބީ ޓީމު މެޗު 5-0 އިން ކާމިޔާބުކުރީ ޚައިރު އެކަޑެމީއެވެ. އަންޑަރ 14 ގެ ޓީމު އޭ ގެ މެޗު 7-4 އިން ނިއު އެކަޑެމީ ކާމިޔާބުކޮށްފައިވާއިރު،ބީ ޓީމު ކުޅުނުމެޗު 3-3 އިން ވަނީ އެއްވަރުވެފައެވެ. އަދި އަންޑަރ 16 ގެ މެޗު ނިއު އެކަޑެމީ އިން ވަނީ 7-3 އިން ކާމިޔާބުކޮށްފައެވެ.
މިއަދު ކުޅެވުނު މެޗުތަކުގެ ތެރެއިން - ފޮޓޯ: މަގޫދޫ ކައުންސިލް
މިއަދު ކުޅެވުނު މެޗުތަކުގެ ތެރެއިން - ފޮޓޯ: މަގޫދޫ ކައުންސިލް
މިއަދު ކުޅެވުނު މެޗުތަކުގެ ތެރެއިން - ފޮޓޯ: މަގޫދޫ ކައުންސިލް
މިއަދު ކުޅެވުނު މެޗުތަކުގެ ތެރެއިން - ފޮޓޯ: މަގޫދޫ ކައުންސިލް
މިއަދު ކުޅެވުނު މެޗުތަކުގެ ތެރެއިން - ފޮޓޯ: މަގޫދޫ ކައުންސިލް
މިއަދު ކުޅެވުނު މެޗުތަކުގެ ތެރެއިން - ފޮޓޯ: މަގޫދޫ ކައުންސިލް
ޚައިރު އެކަޑެމީގެ މަށްޗަށް މިހާބޮޑު ކާމިޔާބީއެއް މަގޫދޫ ކައުންސިލުގެ އެކަޑެމީއިން ހޯދާފައިވާއިރު، 2024 ވަނަ އަހަރުގައިވެސް އަދި 2025 ވަނަ އަހަރުވެސް މި އެކަޑެމީ އިން ވަނީ މާލޭގައި ބޭއްވި މައިލޯ ޗެންޕިއަންޝިޕުގައިވެސް މޮޅުކުޅުމެއް ދައްކައި މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.
މަގޫދޫ ކައުންސިލުގެ އެކަޑެމީއަކީ ކައުންސިލުން އިސްނަގައިގެން 2023 ވަނަ އަހަރު އުފެއްދިއެކަޑަމީއެކެވެ. އެގޮތުން އެކަޑެމީގެ ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަނީ މިސްރަށް ނިސްބަތްވާ ކޯޗެކެވެ. އަދި މީގެ އިތުރުން އެކަޑެމީގައި 2 އެސިސްޓެންޓް ކޯޗު ހިމެނިފައިވެއެވެ. މިއެކަޑެމީގައި މިހާތަނަށް 7 އަހަރާއި 16 އަހަރާއި ދެމެދު 75 ކުދިންނަށްވުރެ ގިނަ ކުދިންނަށް ތަމްރީނު ދެވިފައިވެއެވެ.
މި އެކަޑެމީއަށް މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެންއަންނަނީ ފ. ދަރނބޫދޫ އަށް ނިސްބަތްވާ ޚައިރު އެކަޑެމީއިންނެވެ. އެގޮތުން މި ދެ އެކަޑެމީއިންވެސް ވަނީ ދެފަރާތުގެ ހުނަރުތައް ތަރައްޤީކުރުމަށް ގުޅިގެން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ކުޅިވަރުން މަގޫދޫ ފަޚުރުވެރިކޮށްދިނުމުގެ މޮޓޯގެ ދަށުން ކައުންސިލުން ހިންގާ އެކަޑެމީއަށް މިހާތަނަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވެއެވެ. މިއެކަޑެމީގެ ސަބަބުން ކުދިންގެ ހުނަރުތައް ތަރައްޤީވެ، ރަށުގައި ކުޅިވަރު ތަރަށްޤީކޮށް އަދި އެކަޑެމީގެ ކުޅުންތެރިންނަށް ރަށުން ބޭރުންވެސް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ފުރުސަތުތަކުގެ ތެރޭގައި ތައިލެންޑުގެ އަންޑަ 12 މުބާރާތުގައި ވާދަކުރުމަށް ވިކްޓްރީ ސްޕޯރޓްސް ކުލަބުގެ އެކަޑެމީއިން މި އެކަޑެމީގެ ކުޅުންތެރިންނަށް ވަނީ ފުރުސަތުލިބިފައެވެ.
މިހާރު މިއެކަޑެމީއާމެދު ރަށު ރައްޔިތުން ކުރާ އެންމެ ބޮޑު އުއްމީދަކީ މި އެކަޑެމީ މިހާރު މިއޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ގެންގޮސްދީ، ކުޅިވަރުން މަގޫދޫ ރާއްޖޭގެ ފާހަގަކޮށްލެވޭ ރަށަކަށްހެދުމެވެ. އަދި މިއެކަޑެމީއިން ތަމްރީނުވެގެން ނިކުންނަ ކުޅުންތެރިންނަނީ ރާއްޖޭގެ ޤައުމީ ފެންވަރުގައި ވިދާލާ ކުޅުންތެރިންނަށްވުމެވެ. މީގެއިތުރުން އެކަޑެމީގެ ކުޅުންތެރިން ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ޓީމުތަކުން ފެނުމަކީ ކައުންސިލުން ކުރާ ވަރަށް ބޮޑު އުއްމީދެކެވެ.
ރަށުކައުންސިލުން ފާހަގަކުރާ އެންމެ ބޮޑު އެއްކަމަކީ މި އެކަޑެމީ ހިންގަން ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުންދޭ އެހީތެރިކަމެވެ. އެހެންކަމުން މިއެހީތެރިކަން ރަށުގެ އެންމެހައި ކުދިބޮޑު ފަރާތްތަކުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ހާލު، މި އެކަޑެމީގެ މަސައްކަތް ހުއްޓުމެއްނެތި ދުވަހުން ދުވަހަށް ކުރިއަރައިގެން ދިޔުމަކީ މަގޫދޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.