logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުޅިވަރުގައި ކާމިޔާބު ޖީލުތަކެއް އުފައްދަމުން އަންނަ ސިޒުލްކަޕް ފޯރީގައި ނިންމާލައިފި

އަބްދުﷲ ޣާނިމް
7 ސެޕްޓެމްބަރު 2026 - 02:44
މުބާރާތުގެ ޗެންޕިއަންޓީމު ފައުންޑަރ ސިޒުލް އާއެކު
މުބާރާތުގެ ޗެންޕިއަންޓީމު ފައުންޑަރ ސިޒުލް އާއެކު

ފ. މަގޫދޫގައި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް އިންތިޒާމް ކުރަމުން އަންނަ ސިޒުލްކަޕް ފުޓްސަލް މުބާރާތް ކާމިޔާބުކަމާއެކު މިމަހުގެ 3 އިން 6 އަށް ބާއްވާ ނިންމާލައިފިއެވެ. މަގޫދޫ އެކަޑަމީގެ ތެރެއިން ހޮވާލެވުނު ޖުމްލަ 4 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލްގައި ފުނޯސް ޓީމާ ވާދަކޮށް 4-3 ގެ ނަތީޖާއަކުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކެތި ޓީމެވެ.

ލީގު އުސޫލުން ކުޅެ ތާވަލުގެ އެންމެ ކުރި ހޯދި ދެ ޓީމު ވާދަކުރި ފޯރިގަދަ ފައިނަލް މެޗުގައި ކެތި ޓީމުގެ ލޫތު ދެ ގޯލު ކާމިޔާބުކުރިއިރު، ފުނޯސް ޓީމުގެ ލާއިޤު ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ ލާއިޤު، ފިޒާން، ލޫތު، ޒުކާން އަދި ޒަލަފް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2026-09-06 at 21.46.06.jpeg

ސިޒުލްކަޕްގެ މޮޅު 5 ކުޅުންތެރިން : ކވ (ލޫތު، ޒުކާން، ލާއިޤް، ފިޒާން އަދި ޒަލަފް)

ސިޒުލްކަޕަކީ މިހާރު ވެސް ގޯލްޑަން ފުޓްސަލް މުބާރާތުގެ ފާފު އަތޮޅު ޗެމްޕިއަންކަން ދަމަހައްޓަމުން އަންނަ މަގޫދޫގައި، ފުޓްބޯޅަ އަދި ޚާއްސަކޮށް ފުޓްސަލްގެ ކާމިޔާބު ކުޅުންތެރިންތަކެއް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުބާރާތެކެވެ. 15 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް މި މުބާރާތުގެ މަޤުސަދަކީ ކުޑަކުދިންގެ މެދުގައި އެކުވެރިކަމާއި ދުޅަހެޔޮކަމާއި ކުޅިވަރުގެ ރޫޙު އާލާކޮށް، 'ކުޅިވަރުން މަގޫދޫ ފަޚުރުވެރި ކޮށްދޭނަން' މި ޝިއާރާ އެއްގޮތަށް ޖީލުތަކެއް ބިނާކުރުމެވެ.

މި މުބާރާތުގެ ބާނީއަކީ މަގޫދޫގެ ކުޅިވަރަށް އަމިއްލަ ފެންވަރުގައި އަގުނުކުރެވޭނެ ފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ހަސަން ސިޒުލީ (ސިޒުލް / ހަސަންބެ) އެވެ. ޚާއްސަ އެހީއަށް ބޭނުންވާ ސިޒުލީ އިސްވެ ފެށި މި މުބާރާތުގެ ކުރީކޮޅުގައި ދިން ޓްރޮފީތަކަކީވެސް އޭނާ އަމިއްލައަށް ތައްޔާރުކުރި ތަކެއްޗެވެ.

މި މުބާރާތް މިހާ ކާމިޔާބުކަމާއެކު ގިނަ އަހަރުތަކެއް ވަންދެން ކުރިއަށް ގެންދެވެނީ ރަށުގެ ކުޅިވަރަށް ލޯބިކުރާ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އިންތިޒާމު ކުރާ ޓީމުގެ ބުރަ މަސައްކަތުންނެވެ. ދުރު މުސްތަޤުބަލަކަށް ރޭވިގެން ތަރުތީބު ކުރެވިފައިވާ މި މޮޑެލްއަކީ މިހާރު ރާއްޖޭގެ އެހެން ރަށްރަށަށްވެސް ނަމޫނާއަކަށް ބަލައިގަނެވިދާނެ ކާމިޔާބު އޮނިގަނޑެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅިވަރުގައި ކާމިޔާބު ޖީލުތަކެއް އުފައްދަމުން އަންނަ ސިޒުލްކަޕް ފޯރީގައި ނިންމާލައިފިކުޅިވަރު | 42 މިނިޓު ކުރިންއެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ 10 އަހަރުން ދަށުގެ ޕްލޭޓް ކެޓަގަރީގެ ޗެމްޕިއަންކަން މަގޫދޫ އެކަޑެމީ ހޯދައިފިކުޅިވަރު | 8 މަސް ކުރިންމަގޫދޫ ރައްޔިތުންނަށް ރައީސް ދެއްވީ، އެ ރަށު އެއާޕޯޓުގެ މަސައްކަތް އެއް އަހަރުތެރޭ ނިންމަވާނެކަމުގެ ޔަގީންކަންޚަބަރު | އަހަރެއް ކުރިންމަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | އަހަރެއް ކުރިން