logo
Bank of Maldives

Bank of Maldives

ޚަބަރު

މަގޫދޫ ރައްޔިތުންނަށް ރައީސް ދެއްވީ، އެ ރަށު އެއާޕޯޓުގެ މަސައްކަތް އެއް އަހަރުތެރޭ ނިންމަވާނެކަމުގެ ޔަގީންކަން

ޢައްފާން މުޙައްމަދު
21 ސެޕްޓެމްބަރު 2025 - 09:25
ރައީސުލްޖުމްހޫރިއްޔާ، ފ. މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން --ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ފ. މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން --ފޮޓޯ/ ރައީސް އޮފީސް

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް، ގިނަވެގެން އެއް އަހަރުދުވަހުގެތެރޭ ނިންމަވައި ޚިދުމަތަށް ގެންނަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

މަގޫދޫ ރައްޔިތުންނަށް ރައީސް މި ޔަގީންކަން ދެއްވީ، މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ޙިއްސާކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފ. އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މަގޫދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށު އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު ބައްލަވާލައްވާފައެވެ.

ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެއަރޕޯޓުގެ މަސައްކަތް ހުއްޓާނުލައްވާނެކަމުގެ ޔަގީންކަން، އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެ މަސައްކަތް މަޑުޖެހިފައިވާ ސަބަބުތައް ދެނެގަނެ، މަސައްކަތް އަވަހަށް ހިނގައިގަނެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ނިންމާނެކަމާމެދު ޝައްކުތަކެއް ނުގެންގުޅުމަށް އެދިވަޑައިގެން ރައީސް ވަނީ، އެއަރޕޯޓް ނިންމާ ޚިދުމަތަށް ގެންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަމާ ގުޅޭ ވުޒާރާއާއި ކޮންޓްރެކްޓަރާއެކުވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

ފ.މަގޫދޫގެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރެއްވީ 2022ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ %50 މިހާތަނަށްވަނީ ނިމިފައެވެ. ނަމަވެސް މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.

އެއް އަހަރު ދުވަހުގެތެރޭ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، އެމަނިކުފާނު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. މަގޫދޫގައި ގާއިމްކުރި އޭޓީއެމް ޚިދުމަތާއެކު، ފާފު އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މަގޫދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން އެ ރަށުގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގިނަ ވައުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި''ޚަބަރު | 24 މިނިޓު ކުރިންރައީސް، ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންފުވައްމުލައް ސިޓީގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންފުވައްމުލަކުން ރައީސުލްޖުމްހޫރިއްޔާ އަށް ހޫނު މަރުހަބާއެއްޚަބަރު | 5 ގަޑިއިރު ކުރިން