logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޭއެފްސީ ފުޓްސަލް ކޮލިފައިންގައި ރާއްޖެ އަފްޣާނިސްތާނާއި އެއް ގްރޫޕަކަށް

އަބްދުﷲ ޣާނިމް
26 ޖޫން 2025 - 11:20
ދިވެހި ޤައުމީ ފުޓްސަލް ޓީމު 2022 ވަނަ އަހަރުގައި ތައިލެންޑްގައި - ފޮޓޯ؛ އެފްއޭއެމް
ދިވެހި ޤައުމީ ފުޓްސަލް ޓީމު 2022 ވަނަ އަހަރުގައި ތައިލެންޑްގައި - ފޮޓޯ؛ އެފްއޭއެމް

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް 2026 ގައި ވާދަކުރުމަށް ކޮލިފިކޭޝަންގައި 31 ޓީމުގެ މެދުގައި ގުރުއަތުލުން މިއަދު ކުއާލަލަމްޕޫރުގައި ހުންނަ އޭއެފްސީ ހައުސްގައިކުރިޔަށް ގެންގޮސްފިއެވެ. މި މުބާރާތުގެ ފައިނަލް ބުރު ކުޅެން ހަމަޖެހިފައިވަނީ އިންޑޮނޭޝިއާގައެވެ.

ކޮލިފައިންގ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 އިން 24 އަށެވެ. ގުރުއަތުލުމުގައި ޓީމުތައް ބަހާލެވިފައިވަނީ ހަތަރު ޓީމުގެ ހަތް ގްރޫޕަކަށާއި ތިން ޓީމުގެ އެއް ގްރޫޕަކަށެވެ. ކޮންމެ ގްރޫޕަކުން އެއްވަނައަށް އަންނަ ޓީމާއި، ދެވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ހަތް ޓީމަކަށް ފައިނަލް ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-06-26 161753.png

މުބާރާތުގައި ގްރޫޕްތައް ބެހިފައިވާ ގޮތް

 

މިމުބާރާތުގައި ރާއްޖެ ގްރޫޕް އެޗްގައި ހިމެނިފައިވާއިރު، މިގްރޫޕްގައި ދެން ހިމެނެނީ އަފްޣާނިސްތާނުގެ އިތުރުން މިޔަންމާއެވެ. މިޔަންމާއަކީ މި ގްރޫޕްގެ މެޗުތައް ބާއްވާ ޤައުމެވެ. މި ގްރޫޕަކީ ތިން ޓީމު ހިމެނޭ ހަމައެކަނި ގްރޫޕެވެ.

މުބާރާތުގެ ޑިފެންޑިންގ ޗެމްޕިއަން އަދި 13 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އީރާން ވަނީ ގްރޫޕް ޖީގައި މެލޭޝިއާ، ޔޫއޭއީ އަދި ބަންގްލަދޭޝްއާ އެކުގައެވެ. މި ގްރޫޕްގެ މެޗުތައް ބާއްވާނީ މެލޭޝިއާގައެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް 2026 ގެ ފައިނަލް މަރުހަލާ ކުޅެން ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 27 އިން ފެބްރުއަރީ 7 އަށް އިންޑޮނޭޝިއާގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނިޔާގައި ހުރި ޤައުމީ ފުޓްސަލް ތަރި ހާއްޕެގެ ބޭސްފަރުވާގެ ޚަރަދުތައް ސަރުކާރާއި އެފްއޭއިން ހަމަޖައްސައިދީފިކުޅިވަރު | މަހެއް ކުރިންކޮލިފައިންގެ ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ނާކާމިޔާބީކުޅިވަރު | މަހެއް ކުރިން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްަސަލް ޓީމު ފުރައިފިކުޅިވަރު | 2 މަސް ކުރިންއޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިކުޅިވަރު | 2 މަސް ކުރިން