logo
E-Platinum
ޚަބަރު

ޑްރަގް ވިޔަފާރީގެ ދެ ބޮޑުން ބާރަށުން ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2025 - 11:54
ޑްރަގް އޮޕަރޭޝަނެއްގައި ބާރަށުން ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
ޑްރަގް އޮޕަރޭޝަނެއްގައި ބާރަށުން ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތުން ހއ. ބާރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

ފުލުހުން މަޢުލޫމާތުދިން ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 3 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ކަރނޭޝަންވިޔު، އަބްދުﷲ ފަޞީޙް (37 އަހަރު) އާއި ހއ. ބާރަށް / ކަރނޭޝަންވިޔު، އިބްރާހީމް ކަލީމް (34 އަހަރު) އެވެ.

އޮޕަރޭޝަނުގެ ތެރެއިން ބާރަށުގެ ދެ ގެއެއް ބަލައި ފާސްކޮށްފައި ވެއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 5.96 ގްރާމް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ ފަޞީޙް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި އިބްރާހީމް ކަލީމް 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބާރަށު ޕޮލިސް ސްޓޭޝަނުން މި މައްސަލަ އަންނަނޯ ތަޙުޤީޤު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގް ވިޔަފާރީގެ ދެ ބޮޑުން ބާރަށުން ހައްޔަރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންވޯކް އެންޑް ޓޯކް ހަރަކާތެއް ފ.އަތޮޅުގައި ކުރިއަށް ގެންގޮސްފި ޚަބަރު | ދުވަހެއް ކުރިންބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި ދެ މީހަކު ހައްޔަރުކޮށްފި ޚަބަރު | ދުވަހެއް ކުރިންދޯންޏެއް ފަރަށް އަރައި ބިންދައިގެން ގޮސް އަޑިއަށްޚަބަރު | ދުވަހެއް ކުރިން