logo
E-Platinum
ޚަބަރު

މުރައިދޫ މިސްކިތް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

އައިމިނަތު މޫސާ
6 އޯގަސްޓު 2025 - 13:04
މުރައިދޫ މިސްކިތް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހއ. މުރައިދޫ މިސްކިތް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމް އެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ސައުދީ އެވެ.

މި މަޝްރޫއުގެ ދަށުން 3،650 އަކަފޫޓުގެ ސަރަހައްދެއްގައި 300 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް މިސްކިތެއް ބިނާ ކުރާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ނަމާދުކުރާ ކޮޓަރިއެއް ގާއިމުކުރުމާއި، ފިރިހެނުންނާއި އަންހެނުންނަށް ވުޟޫ ކުރާ ތަނަކާއި ހެދުމާއި،މުންނާރެއް ހެދުމާއި، މިޙުރާބް ގެއެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ސައުންޑް ރޫމެއްގެ އިތުރުން އިމާމުންނަށް ހާއްސަ ކޮޓަރިއެއް ހެދުން ހިމެނެ އެވެ. އަދި މިސްކިތުގެ ގޯތިތެރެ ސާފުކުރާނެ ސާމާނު ބަހައްޓާނެ ތަނެއް ހެދުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ އަގަކީ 7.21 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއު އެއްކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް ސަރުކާރު ދެ ކުންފުންޏަކާއި ހަވާލުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންޒަކާތު ފަންޑުންދޭ 50 ސްކޮލަރޝިޕަށް ކުރިމަތިލީ 29 ފަރާތަކުންޚަބަރު | 2 ދުވަސް ކުރިންމުރައިދޫ މިސްކިތް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށްޚަބަރު | 3 ދުވަސް ކުރިން"ޔަންމާ ސްޕެއާ ޕްރޮމޯ 2025" ފަށައިފިޚަބަރު | 4 ދުވަސް ކުރިން