logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް ސަރުކާރު ދެ ކުންފުންޏަކާއި ހަވާލުކޮށްފި

އައިމިނަތު މޫސާ
9 އޯގަސްޓު 2025 - 07:35
ދެ ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް ސަރުކާރު ދެ ކުންފުންޏަކާއި ހަވާލުކޮށްފި

ދެ ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް އިސްލާމީ ވުޒަރާގެ ފަރާތުން، ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ހއ. މުރައިދޫ އާއި ގއ. ގެމަނަފުށީގައެވެ. މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސައީދު އެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އާރްޑީސީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުރާއިދޫއާއި ގެމަނަފުށީގައި އިމާރާތް ކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި ދެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑްސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް ހިމެނެއެވެ. މީގެ އިތުރުން މި ދެމިސްކިތް ބިނާ ކުރެވޭނީ ސޯލަރ ސިސްޓަމްވެސް ހަރުކުރެވޭ ގޮތަށެވެ.

މުރައިދޫގައި ދައުލަތުގެ ބަޖެޓުން 7.78 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރާ މި މިސްކިތް އިމާރާ ކުރުމުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި 7.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގެމަނަފުށީގައި އިމާރާތް ކުރާ މިސްކިތް ނިންމުމަށް ދީފައިވަނީ 240 ދުވަހެއެވެ. މިއީ ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު: ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 10 ގަޑިއިރު ކުރިންގައުމީ ގުރުއާން މުބާރާތް: ކ. އަތޮޅާއި، މާލެ ސިޓީގެ އޮޑިޝަން ފިޔަވާ ހުރިހާ އޮޑިޝަނެއް ނިންމާލައިފިޚަބަރު | 4 ދުވަސް ކުރިންމާލެ ސަރަހައްދުގެ ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނާ ޝަހީމް ބައްދަލުކުރައްވައިފިޚަބަރު | 7 ދުވަސް ކުރިންޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ 4 ވަނަ ބުރު ނިންމައި ސަނަދު ދީފިޚަބަރު | 9 ދުވަސް ކުރިން