logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖު ކޯޕަރޭޝަނުން ތަންފީޒު ކުރާނީ ސަރުކާރުގެ ސިޔާސަތު: އެމްޑީ ޝަކީލް

އައިމިނަތު މޫސާ
6 އޯގަސްޓު 2025 - 15:55
ހައްޖުކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް//
ހައްޖުކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް//

ހައްޖު ކޯޕަރޭޝަން އަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށާއި، ތަންފީޒު ކުރާނީ ސަރުކާރުގެ ސިޔާސަތު ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާންނާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން "މެންދުރު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންނަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށާއި، ސަރުކާރުގެ ވިސްނުމާއި ދެކޮޅަށް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި މިހާތަނަށް ހައްޖު ކޯޕަރޭޝަންގައި ހުރެ ތަންފީޒު ކުރަނީ ސަރުކާރުގެ ސިޔާސަތުތައް ކަމަށް ޝަކީލު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައްޖު ކޯޕަރޭޝަންނުން ކުރި އިއުލާނުގައި ވަނީ ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ ރަށުގައި އަމިއްލަ ހަރަދުގައި ހޮޓަލެއް އެޅުމަށް ޝައުގުވެރިވާ ރާއްޖެ އަދި ބޭރުގެ ކުންފުނިތަކުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވާން މުއްދަތު ދީފަ އެވެ.

ރަޖިސްޓްރީވުމަށްފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރުފިޔާ ނުވަތަ 2،000 ޑޮލަރުގެ ފީއެއް ބުދަ ދުވަހުގެ ކުރިން ދައްކަންޖެހެ އެވެ. އެއަށްފަހު، ބިޑު ހުޅުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަމަހުގެ އުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިޚަބަރު | 12 ދުވަސް ކުރިންކަންބޮޑު ނުވޭ، ބަލީގެ ގޮތުން ނާޒުކު ހާލަތެއްގައި ހުރެގެން ނޫންނަމަ ވިސާ ލިބުމަށް ހުރަހެއް ނާންނާނެ :އެމްޑީ ޝަކީލް ޚަބަރު | 13 ދުވަސް ކުރިން ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރަށްވުރެ އެޑްވާންސް ޓެގެއް ބޭނުންކުރަނީޚަބަރު | 15 ދުވަސް ކުރިން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން، މި ދައުރުގެ ތެރޭގައި ޙައްޖަށް ފޮނުވައި ނިމޭނެޚަބަރު | މަހެއް ކުރިން